ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 17:11
ޔޫރަޕިއަން ޔޫނިއަން ކޮމިޝަނުގެ ރައީސް އާރސަލާ ވޮންޑާ ލެޔާން
ޔޫރަޕިއަން ޔޫނިއަން ކޮމިޝަނުގެ ރައީސް އާރސަލާ ވޮންޑާ ލެޔާން
ރޮއިޓަރސް
ޔޫރަޕިއަން ޔޫނިއަން
ވިލާތުގެ އިއްތިހާދުން ކޮވެކްސް ފެސިލިޓީއަށް 500 މިލިއަން ޔޫރޯ ހަރަދުކުރަނީ
 
މި އެއްބަސްވުމުގެ ދަށުން 1 ބިލިއަން ޑޯސްގެ ވެކްސިން ކުދި އަދި މެދުފަންތީގެ ގައުުމުތަކަށް ފޯރު ކޮށްދެވިގެންދާނެ

ކޮވެކްސްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް ޔޫރަޕުގެ އިއްތިހާދުން ހަރަދުކުރާ 500 މިލިއަން ޔޫރޯގެ ފައިނޭންސިން އެއްބަސްވުންތަކުގައި އަންގާރަ ދުވަހު ސޮއިކުރަައްވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން ކޮމިޝަނުގެ ރައީސް އަރސަލާ ވޮންޑަ ލެޔެން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލާތުގެ އިއްތިހާދުގެ ކޮވެކްސްގެ ވެކްސިންގެ އެއް ނަމްބަރު ސަޕޯޓަރު ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާ ހަރަދުކުރެވިގެން ދާނީ ކޮވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދޭން ބޭނުންވާ އެއް ބިލިއަން ވެކްސިން ޑޯޒް ގަތުމަށެވެ.

ކޮވެކްސް ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ގަވީ ވެކްސިން އެލަޔަންސް ގުޅިގެން ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގައި މިހާތަނަށް 189 ގައުމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ތަރައްގީވެފައިވާ 76 ގައުމު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް