ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 13:03
އަފްގާނިސްތާނުގެ ކެޕިޓަލް ސިޓީ ކާބުލް
އަފްގާނިސްތާނުގެ ކެޕިޓަލް ސިޓީ ކާބުލް
ރޮއިޓަރސް
ބޮމުގެ ހަމަލާއެއް ދިނުން
ބޮމުގެ ހަމަލާއެއްގައި ކާބުލް ސިޓީގެ ޑެޕިއުޓީ ގަވަރުނަރު މަރުވެއްޖެ
 
މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނަގާފައެއް ނުވޭ
 
ދެ ބޮޑީ ގަރޑަކަށް ސީރިއެސް އަނިޔާތަކެއް ލިބިފައިވޭ

އަފްގާނިސްތާނުގެ ކެޕިޓަލް ސިޓީ ކާބުލްއަށް ދިން ބޮމުގެ ހަމަލާއެއްގައި އެސިޓީ ޑެޕިއުޓީ ގަވަރުނަރު މަރުވެއްޖެއެވެ.

އަންގާރަ ދުވަހު ހިނގި މިހާދިސާއާ ގުޅޭގޮތުން ސެކިއުރިޓީ އޮފިޝަލުންނާއި ހަވާލާދީ އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައިވަނީ ގަވަރުނަރު މަހުބޫބުﷲ މޮހެއްބިގެ ކާރުގައި ބޮމެއް ހަރުކޮށްފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑެޕިއުޓީ ގަވަރުނަރު ދަތުރު ކުރަމުންދިޔައީ ސެކިއުރިޓީ ގަރޑުންނާއެކުއެވެ. އަދި މިގޮވުމާއެކު ދެ ބޮޑީ ގަރޑަކަށް ސީރިއެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ.

ބޮމުގެ ހަމަލާއެއްގައި ޑެޕިއުޓީ ގަވަރުނަރު މަރާލާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އަފްގާނިސްތާނުގެ ޕްރޮސެކިއުޓަރ ވަޒީފާއަށް ދިޔަ މަގުމަތީގައި ދިން ބަޑީގެ ހަމަލާގައި ވަނީ މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި