ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 02:54
ޗައިނާގެ ރައީސް ޝީ ޖިން ޕިން
ޗައިނާގެ ރައީސް ޝީ ޖިން ޕިން
ރޮއިޓަރސް
ޗައިނާ ކޮމިއުނިސްޓް ޕާޓީ
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންތަކެއްގެ މައުލޫމާތުތަކެއް ލީކު ކޮށްލައިފި
 
ކޮމިއުނިސްޓް ޕާޓީގެ 1.95 މިލިއަން މެމްބަރުންގެ މައުލޫމާތު ވަނީ ލީކު ކޮށްލާފައި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވި އިސް މެމްބަރުން އިނގިރޭސިވިލާތުގެ ބޮޑެތި ކުންފުނިތަކާއި، ކޮންސިއުލޭޓްތަކުގައި މަސައްކަތް ކުރާ ކަމުގެ މައުލޫމާތުތަކެއް ލީކުކޮށްލާފި އެވެ.

ލީކުކޮށްލާފައިވާ މައުލޫމާތުތަކަށް ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓް ކޮށްފައިވަނީ ކޮމިއުނިސްޓް ޕާޓީގެ އިސް މެމްބަރުންތަކެއް އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް އަދި އެގައުމުގެ ބޮޑެތި ކުންފުނިތަކާއިއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ސިއްރު މައުލޫމާތުތައް އިނގިރޭސި ސަރުކާރަށް މި މެމްބަރުން ހިއްސާކުރާކަމަށް ލީކު ކޮށްލާފައިވާ މައުލޫމާތުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.

ކޮމިއުނިސްޓް ޕާޓީގެ 1.95 މިލިއަން މެމްބަރުންގެ މައުލޫމާތު ލީކުކޮށްލާފައިވާއިރު، މިއިން ދައްކުވައިދެނީ ޗައިނާއިން އިނގިރޭސިވިލާތަށް ބަރޯސާވެފައިވާ މިންވަރު ކަމަށް ޗައިނާގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާގެ ބޭންކުތަކާއި، ބޭސް އުފައްދާ ކުންފުނިތައް އަދި އެނޫންވެސް ސިނާއަތްތަކުން އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ބަރޯސާވެފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި ކޮމިއުނިސްޓް ޕާޓީއިން ނެރުނު ބަޔާނުގައި ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށާއި، އަދި މިކަންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންގެ މަައުލޫމާތުތައް ލީކުކޮށްލާފައިވާއިރު ދާދިފަހުން އިނގިރޭސި ސަރުކާރުން ވަނީ ޗައިނާގެ ވާވެ ކުންފުންޏާއިއެކު، އިނގިރޭސި ސަރުކާރުގެ އޮފިޝަލުންތަކެއް މަސައްކަތް ކުރާ ކަމަށް ބުނެ އެގައުމުގައި ވާވޭގެ ޕްރޮޑަކްޓްތައް ބޭނުން ކުރުން މަނާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި