ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 23:24
އެމެރިކާގައި ހޮސްޕިޓަލެއްގައި ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާދެނީ
އެމެރިކާގައި ހޮސްޕިޓަލެއްގައި ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގެ ކޮވިޑްގެ ހާލަތު ގޯސްވެ، ކޮވިޑް ނުޖެހޭ މީހުންނަށް ހޮސްޕިޓަލުތަކުން ފަރުވާހޯދުމަށް ދަތިތަކާއި ކުރިމަތިވެއްޖެ
 
ޑިސެމްބަރ 2ން ފެށިގެން އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ ދެ ލައްކައިން މަތީގައި
 
އެމެރިކާގެ ތިންބައިކުޅަ އެއްބައި ހޮސްޕިޓަލް ތަކުގެ، އައިސީޔޫ އެނދުތަކުގެ 90 އިންސައްތަ ފުރިފައިވޭ
 
އެމެރިކާގެ 200 އެއްހާ ހޮސްޕިޓަލްގެ އައިސީޔޫގައި ފުލް ކެޕޭސިޓީއާއެކު އަންނަނީ ފަރުވާ ދެމުން

އެމެރިކާގައި ކޮވިޑްގެ ހާލަތު އިހުނަށްވުރެން ގޯސްވެ ކޮވިޑް ޖެހިފައިވާ މީހުން އެޑްމިޓް ކުރުމުގެ ސަބަބުން އެމެރިކާގެ 200 އެއްހާ ހޮސްޕިޓަލްގެ އައިސީޔޫގައި ފުލް ކެޕޭސިޓީއާއެކު ފަރުވާ ދެމުން އަންނަ ކަމަށް، އެގައުމުގެ ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ރިސޯސަސް އިން ބުނެފިއެވެ.

އެގޮތުން އެމެރިކާގެ ތިންބައިކުޅަ އެއްބައި ހޮސްޕިޓަލް ތަކުގެ، އައިސީޔޫ އެނދުތަކުގެ 90 އިންސައްތަ ފުރިފައިވާކަމަށް ބުނެފައިވެއެވެ. ފާއިތުވި ނޮވެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށް ކޮވިޑްއަށް ފަރުވާ ދޭމީހުންގެ މީހުންގެ އަދަދު އުޅުނީ 37 އިންސައްތައިގައެވެ. ނަމަވެސް މިހާރު މިއަދަދުތައް 46 އިންސައްތައަށް ވަނީ މަތިވެފައެވެ.

ހަމައެހެންމެ އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ރިސޯސަސްގެ ކޮވިޑް ޓްރެކިން ޕްރޮޖެކްޓްގައި ވާގޮތުގެ މަތިން ބުރާސްފަތި ދުވަހާއި ހަމައަށް އެގައުމުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްވެ ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 107،248 އަށް ވުރެން މައްޗަށް އަރާފައެވެ. އެމެރިކާގެ ޑޮކްޓަރުން ލަފާކުރާ ގޮތުގައި އަދަދުތަށް މައްޗަށް ޖެހިފައި މިވަނީ އެގައުމުގެ "ތެންކްސް ގިވިންގ" ޗުއްޓީގައި ބޮޑެތި އެއްވުންތައް ބޭއްވުމާއި ގުޅިގެންނެވެ. މިއަދަދުތައް އަދި އިތުރަށް ގޯސްވުންވެސް އެކަށީގެން ވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ ދެ ލައްކައިން މަތީގައެވެ. މި އަދަދުތަކާއެކު އެގަމުން މިހާތަނަށް 16.5 މިލިއަން ވުރެން ގިނަ މީހުން ވައިރަސް އަށް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާފަދައިން ދުވާލެއްގެ މައްޗަށް މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެގައުމުގައި އެއްދުވަހާ އެންމެ ގިނަ މީހުން މަރުވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 3000 ވުރެން ގިނަ މީހުން މަރުވެފައެވެ. އަދި މިއާއެކު އެގައުމުން މިވައިރަހުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 305،082 އަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި