ކ. މާލެ
|
12 ޑިސެންބަރ 2020 | ހޮނިހިރު 07:10
ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ މޮޑާނާގެ އޮފީހެއް
ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ މޮޑާނާގެ އޮފީހެއް
ނިއުޔޯކް ޓައިމްސް
ކޮވިޑް-19 ވެކްސިން
މޮޑާނާ ވެކްސިންގެ އިތުުރު 100 މިލިއަން ޑޯޒް އެމެރިކާ އަށް
 
މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދިނުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ
 
ޑިސެމްބަރ މަސް ނިމޭހިސާބުގައި މީގެތެރެއިން 20 މިލިއަން ޑޯޒް ފޯރުކޮށްދޭނެ
 
މޮޑާނާ ވެކްސިންގެ 200 މިލިއަން ޑޯޒް އެމެރިކާއަށް ދޭނެ

މޮޑާނާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިތުރު 100 މިލިއަން ޑޯޒް އެމެރިކާއަށް ކަނޑައަޅާފައިވާ ކަމަށާއި އަންނަ އަހަރުގެ ދެވަނަ ކުއަރޓަރގައި މިޑޯޒްތައް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށް މޮޑާނާއިން ބުނެފިއެވެ.

މޮޑާނާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން އަންނަ ހަފްތާގައި ގޮތެއް ނިންމާނެއެވެ. މޮޑާނާއިން އިތުރު ޑޯޒް އެމެރިކާއަށް ދޭނެކަން ހާމަކުރުމާއެކު އެކުންފުނީގެ ޝެއަރ ވަނީ 2.8 އިންސައްތަ މައްޗަށް ޖެހިލާފަ އެވެ.

އެމެރިކާ ސަރުކާރުން ވަނީ މިހާތަނަށް މޮޑާނާ ވެކްސިންގެ 200 މިލިއަން ޑޯޒް ހޯދުމަށް އޯޑަރުޖަހާފައެވެ. ޑިސެމްބަރ މަސް ނިމޭހިސާބުގައި މީގެތެރެއިން 20 މިލިއަން ޑޯޒް އެމެރިކާއަށް ފޯރުކޮށްދޭނެ ކަމަށާއި ބާކީ ބައި 2021 ވަނަ އަހަރު އެމެރިކާ އަށް ފޯރުކޮށްދޭނެކަމަށް މޮޑާނާއިން ބުންޏެވެ.

އެމެރިކާއިން މޮޑާނާއެކު އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ އޮގަސްޓް މަހުއެވެ. އެއީ 1.5 ބިލިއަން އެމެރިކާ ޑޮލަރަށް 100 މިލިއަން ޑޯޒް ގަތުމަށެވެ.

އަނެއްކޮޅުން އެމެރިކާގެ އެފްޑީއޭއިން ވަނީ ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައެވެ. އަދި އަންނަ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު ވެކްސިން ޖަހަން ފަށާނެކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ވެކްސިން ޖެހުމުގެ ތައްޔާރީތައް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި