ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 04:43
ލައިސެންސް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވޭ
ލައިސެންސް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވޭ
ރޮއިޓަރސް
ކޮވިޑް-19ގެ ވެކްސިން
އިންޑިއާގައި ކޮވިޑް-19އަށް އުފައްދާ ވެކްސިންތައް ދިނުމުގެ ހުއްދައިގެ ވަގުތީ ލައިސެންސް މަދު ހަފްތާއެއްގެ ތެރޭގައި ދޫކުރާނެ!
އެސްޓަރަ ޒެނިކާ އަދި ފިޒާއިން ވަނީ ވަގުތީ ލައިސެންސް ދޫކުރުމަށް ހުށަހަޅާފައި
6 ވެކްސިންއެއްގެ މަސައްކަތް އުޅެނީ ކްލިނިކަލް ޓްރިއަލް ސްޓޭޖްގައި

އިންޑިއާގައި ކޮވިޑް-19އަށް އުފައްދާ ވެކްސިންތައް ދިނުމުގެ ހުއްދައިގެ ވަގުތީ ލައިސެންސް މަދު ހަފްތާއެއްގެ ތެރޭގައި ދޫކުރާނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ ސެކްރެޓަރީ ރަޖޭޝް ބަހުޝަން ވިދާޅުވީ ވެކްސިން ދިނުމުގެ ވަގުތީ ލައިސެންސްއަކަށް އެދި ސީރަމް އިންސްޓިއުޓް އޮފް އިންޑިއާ އަދި ބާރަތް ބައޯޓެކް އިން އެދިފައިވާ ކަމަށެވެ.

މީގެ އިތުރުން އެސްޓަރަ ޒެނިކާ އަދި ފިޒާއިން ވަނީ އިންޑިއާގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރުމަށް ވަގުތީ ލައިސެންސް ދޫކުރުމަށް އެދި ހުށަހަޅާފައެވެ. އެކަމާ ބެހޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވަގުތީ ލައިސެންސް ދޫކުރުމާއި މެދު ގޮތެއް ނިންމުމަށް ކަމާބެހޭ ސައިސެންސްވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އިންޑިއާގައި ކޮވިޑަށް އުފައްވާ ވެކްސިންގެ ތެރެއިން 6 ވެކްސިންއެއްގެ މަސައްކަތް އުޅެނީ ކްލިނިކަލް ޓްރިއަލް ސްޓޭޖްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
9 ޑިސެންބަރ 2020 | ބުދަ 11:09
މޫސަ.
ތީގެ މާނަ އަކީ ތިއުލެނީ، ތިގެރި ވެކްސިން ގެނެސް ރާއްޖޭގެ މީހުންނަށް ދޭންބާ؟ ހިލޭތިދޭން ތިއުޅޭނީ އިންޑިޔާގެ ވާނުވާނޭގޭ ގެރި ވެކްސިންދޯ.....ސާބަހޭ ނަމުން އޯގާތެރި ސަރުކާރަށްަ.