ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 05:49
ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މާޅޮސް ޓީމު
ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މާޅޮސް ޓީމު
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕް: ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އއ.މާޅޮހަށް
ކުނބުރުދޫ އަތުން މާޅޮސް މޮޅުވީ 0-2 ގެ ނަތީޖާއަކުން

މިނިވަން ޗެމްޕިއަންޝިޕްގައި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އއ.މާޅޮސް ހޯދައިފި އެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު މާޅޮހުން ކާމިޔާބުކުރީ އދ.ކުނބުރުދޫއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ކ.ގުރައިދޫ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި މާޅޮހުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އާރިފް އެވެ.

މި ލަނޑަށްފަހުވެސް މާޅޮސް ޓީމުން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެ ކުނބުރުދޫގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމަށް ހުސް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

މީގެއިތުރުން މެޗުގައި ކުނބުރުދޫއަށްވެސް ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް މެޗުގެ 42 ވަނަ މިނެޓުގައި މާޅޮހުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ވަސީމް އެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ކުނބުރުދޫގެ މައްޗަށް މާޅޮސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މާޅޮސް ޓީމުގެ ފަރާތުން ދެވަނަ ހާފްގައި ފެނިގެންގޮސްފައިވަނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. އެއާ ހިލާފަށް ކުނބުރުދޫ ޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތަކެއް ހޯދާ މާޅޮސް ޓީމުގެ ހާފަށް ބާރުބޮޑުކޮށްފައެވެ.

- ކޮމެންޓް