ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 09:49
ދެކުނު ކޮރެއާއިން ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅު އަޅަނީ
ދެކުނު ކޮރެއާއިން ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅު އަޅަނީ
ޒިންހުއާނެޓް
ކޮވިޑް-19 ދެކުނު ކޮރެއާގެ ހާލަތު
ދެކުނު ކޮރެއާގެ ކޮވިޑް-19 އެލަރޓް ލެވެލް މަތިކޮށްފި
ދެކުނު ކޮރެއާގެ ޖިމްތަކާއި، އާންމުކޮށް މީހުން ގޮސް އުޅޭ ސަރަަހައްދުތައް ވަނީ ބަންދުކޮށްފަ
އާދިއްތަ ދުވަހު އެކަނިވެސް ދެކުނު ކޮރެއާއިން 631 މީހުންވަނީ ޕޮޒިޓިވްވެފަ
ދެކުނު ކޮރެއާގައި ކޯވިޑް-19 އަށް 7،873 މީހުން ފަރުވާ ހޯދަމުންދޭ

ކޯވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ދެކުނު ކޮރެއާއިން އެލަރޓް ލެވަލް މަތިކޮށްފިއެވެ.

މިއާއެކު ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަދި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި 50 މީހުންނަށްވުރެ އިތުރަށް އެއްވެ އުޅުމާއި ޖިމްތަކާއި އޭނޫންވެސް އާންމުކޮށް މީހުން ގޮސް އުޅޭ ސަރަަހައްދުތައްވަނީ ބަންދުކޮށްފައެވެ.

ކޯވިޑް-19 އަށް އާދިއްތަ ދުވަހު އެކަނިވެސް ދެކުނު ކޮރެއާއިން 631 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މިއީ 9 މަހަށް ފަހު ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގައި ދުވާލެއްގެ މައްޗަށް މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވުވި ފުރަތަމަ ފަހަރެވެ.

މިވަގުތުވެސް ދެކުނު ކޮރެއާގައި ކޯވިޑް-19 އަށް 7،873 މީހުން ފަރުވާ ހޯދަމުން އަންނައިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވާން ފަށައިފައެވެ. ދެކުނު ކޮރެއާއިން މިހާތަނަށް 37،546 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވުވެފައެވެ. އަދި 545 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. މިހާތަނަށް އެގައުމުން 29،128 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރެން ފެށިތާ ކައިރީ މި އަހަރުގެ ކުރީކޮޅު ދެކުނު ކޮރެއާގައި މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ގައުމުތަކެއްގެ ތައުރީފު އެ ގައުމަށްވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް