އަންނަ އަހަރުގެ ޖެނުއަރީ މަހަށް ސައުދީ އަރަބިއްޔާއިން އޭޝިއާ ގައުމުތަކަށް ތެޔޮ ވިއްކާ އަގު ބޮޑު ކުރަން ނިންމައިފި އެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ މައި ކުންފުނި ކަމަށްވާ އަރަމްކޯ އިން އޭޝިއާގެ ގައުމުތަކަށް ލައިޓް ކްރޫޑް އޮއިލްގެ ފީފާއެއް ވިއްކަން ހަމަޖެހިފައިވަނީ 0.30 ޑޮލަރަށެވެ.
މިއީ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 0.80 ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. މީގެ އިތުރުން ޖެނުއަރީ މަހު އަރަބް ލައިޓް ކްރޫޑް އޮއިލްގެ ފީފާއެއް އެމެރިކާއަށް ވިއްކުމަށް ހަމަޖެހިފައިވާ ނުވަތަ، އޮފިޝަލް ސެލިންގ ޕްރައިސް ގެ ގޮތުގައި ހަމަޖައްސާފައިވަނީ 0.55 ޑޮލަރަށްވުރެ މަތީ އަގަކަށެވެ.
އެމެރިކާއަށް ތެޔޮ ވިއްކަން އަަރަމްކޯ އިން ނިންމާފައިވަނީ ޑިސެންބަރު މަހާ އަޅާ ބަލާއިރު 0.30 ޑޮލަރު ކުޑަ އަގަކަށެވެ. އަދި ޔޫރަޕްގެ ހުޅަނގު އުތުރުގައިވާ ގައުމުތަކަށް ތެޔޮ ފީފާއެއް ވިއްކަން ހަމަޖެހިފައިވަނީ 1.40 ޑޮލަރަށް ވުރެ ކުޑަ އަދަދަކަށެވެ.
 
                             
                     
                             
                        
                
    
 
                        
                
    
 
                        
                
    
