ކ. މާލެ
|
4 ޑިސެންބަރ 2020 | ހުކުރު 13:47
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު
އަލްޖަޒީރާ
ކޮވިޑް-19 އިން ދުނިޔެއަށް ލިބޭ ގެއްލުންތައް
ވެކްސިން ލިބުނަސް، ކޮވިޑުގެ ގެއްލުމުން އަރައިގަންނަން އަހަރެއް ނަގާނެ - އެންޓޯނިއޯ ގުޓޭރެސް
 
ކޮވިޑާއެކު ބަނޑުހައިހޫނު ކަމާއި ފަގީރުކަން އިންތިހާއަށް އަންނަނީ އިތުރުވަމުން
 
ވެކްސިން ލިބުމުން ކޮވިޑުން ލިބުނު އަދި ލިބެމުންދާ ގެއްލުންތައް ނުލިބޭކަމަށް ނުހެދޭނެ

ކޮވިޑް-19 އަށް ވެކްސިނެއް ލިބުނުނަމަވެސް ވައިރަހުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެތައް އަހަރެއް ހޭދަވާނެކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ޕެންޑަމިކްގެ ތެރޭގައި އދ. ގެ ޖެނެރަލް އެސެމްބްލީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގުޓޭރެސް ވިދާޅުވީ ވެކްސިން ލިބުމަކުން އަދި ދުނިޔެއިން ތަހައްމަލުކުރަމުންދާ ކަންކަމަށް ނިމުމެއް އައީ ނޫންކަމަށެވެ.

އެގޮތުން ވެކްސިން ލިބުމުން ކޮވިޑުން ލިބުނު އަދި ލިބެމުންދާ ގެއްލުންތައް ނުލިބޭކަމަށް ނުހެދޭނެކަމަށް ގުޓަރޭސް ވިދާޅުވިއެވެ. އަދި ބަނޑުހައިހޫނުކަމާއި ފަގީރުކަން އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށާއި އިގްތިޞާދީ ގޮތުން މިއިން ޒަމާނަކުވެސް ދުނިޔެ ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފިކަން ފާހަގަކުރެއްވިއެވެ.

ގުޓޭރެސް ވިދާޅުވީ ކޮވިޑްގައި މިހާތަނަށް 1.5 މިލިއަން މީހުން މަރުވެފައިވާއިރު މިއާއެކު ދުނިޔެއިން މީގެ އެތައް ދުވަހެއް ކުރިން ތަހައްމަލުކުރަމުން އަންނަ ތަފާތުކުރުމާއި މޫސުމީ ބަދަލުތައް ފަދަ ކަންކަމުގެ ހާލަތު އެއަށްވުރެ ގޯސްވެގެން ގޮސްފިކަމަށެވެ.

ސަތޭކައަށް ވުރެން ގިނަ ގައުމުތަކުގެ ލީޑަރުންނާއި ސީނިއަރ އޮފިޝަލުން މި ސަމިޓްގައި ބައިވެރިވާނެއެވެ. އަދި ކުރިން ރިކޯޑްކޮށްފައިވާ ސްޕީޗްތައް ސަމިޓްގައި ދައްކަމުންދާނެއެވެ. ދެ ދުވަހުގެ މުއްދަތަށް ވަރޗުއަލްކޮށް ކުރިޔަށްދާ މި ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމާނެކަމަކަށް ނުބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
50%
0%
0%
0%
ކޮމެންޓް