ކ. މާލެ
|
4 ޑިސެންބަރ 2020 | ހުކުރު 13:40
އެމެރިކާގެ ކުރީގެ ތިން ރައީސުން ކަމުގައިވާ ބިލް ކްލިންޓަން، ޖޯރޖް ޑަބްލިޔު ބުޝް އަދި ބަރަކް އޮބާމާ
އެމެރިކާގެ ކުރީގެ ތިން ރައީސުން ކަމުގައިވާ ބިލް ކްލިންޓަން، ޖޯރޖް ޑަބްލިޔު ބުޝް އަދި ބަރަކް އޮބާމާ
ސީ.އެން.އެން
ކޮވިޑް-19 ވެކްސިން
ރައްކާތެރިކަން ކަށަވަރުކޮށްދޭން ކެމެރާ ކުރިމަތީގައި ވެކްސިން ޖަހަން ތިން ރައީސުން ތައްޔާރު
 
އެމެރިކާގެ ސިއްހީ އޮފިޝަލުން ގެންދަވަނީ ކޮވިޑް-19 އަށް އުފައްދާ ވެކްސިން ޖެހުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކޮށް ވެކްސިން ޖެހުމަށް ބާރުއަޅަމުން
 
ތިން ރައީސުން މިގޮތަށް އަމަލުކުރެއްވުމަށް ނިންމެވީ ވެކްސިން ޖަހަން އާންމުންނަށް ބާރުއަޅަން

އެމެރިކާގެ ކުރީގެ ތިން ރައީސުންކަމުގައިވާ ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިޔު ބުޝް އަދި ބިލް ކްލިންޓަން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ކެމެރާ ކުރިމަތީގައި ޖެއްސެވުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވެއްޖެއެވެ.

ތިން ރައީސުން މިގޮތަށް އަމަލުކުރެއްވުމަށް ނިންމެވީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާއެކު ވެކްސިން ޖެހުމަށް އާންމުންނަށް ބާރުއެޅުމަށް މަގުފަހިކޮށްދީ އެކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.

އެމެރިކާގެ ސިއްހީ އޮފިޝަލުން ގެންދަވަނީ ކޮވިޑް-19 އަށް އުފައްދާ ވެކްސިން ޖެހުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކޮށް ވެކްސިން ޖެހުމަށް އާންމުންނަށް ބާރު އަޅަމުންނެވެ. ތިން ރައީސުންގެ މިނިންމެވުމާއެކު މި މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ޖޯޖް ޑަބްލިޔު ބުޝްގެ ޗީފް އޮފް ސްޓާފް ފްރެޑީ ފޯޑް "ސީއެންއެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑރ. އެންތަނީ ފައުޗީއާއެކު ވެކްސިން ޕްރޮމޯޓް ކުރުމަށް ބުޝްއަށް ކުރެއްވިދާނެކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައި ކަމަށެވެ.

ފޯޑް ވިދާޅުވީ ބުޝް ވަނީ ވެކްސިން ޖެހުމަށް ބާރު އަޅާ މީހުން އެކަމަށް ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަން ކުރެއްވުމަށް ބުޝް ތައްޔާރަށް ހުންނެވިކަން ޑރ. ފައުޗީއަށް ދެންނެވުމަށް ވިދާޅުވެފައިކަމަށެވެ. ވެކްސިނަކީ ޖެހުމަށް ރަނގަޅު ވެކްސިނެއްކަން ނިންމުމާއެކު ބުޝްއަށް ވެކްސިން ޖެއްސެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކެމެރާ ކުރިމަތީގައި އެކަން ކުރައްވާނެ ކަމަށް ފޯޑް ވިދާޅުވިއެވެ. މީގެ އިތުރުން ކްލިންޓަންގެ ސެކެރެޓަރީ ސީއެންއެންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކްލިންޓަންވެސް ހުންނެވީ އާންމުންނަށް ފެންނަގޮތަށް ވެކްސިން ޖެއްސެވުމަށް ތައްޔާރަށްކަމަށެވެ.

ދާދި ފަހުން އޮބާމާ ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ވެކްސިން އަކީ ޖެހުމަށް ރައްކާތެރި ވެކްސިނެއް ކަމަށް ފައުޗީ ވިދާޅުވުމާއެކު ވެކްސިން ޖައްސަވާނެ ކަމަށެވެ. ފައުޗީއާއެކު މަސައްކަތްކުރައްވާފައިވާ ކަމަށާއި ފައުޗީއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އޮބާމާ ވިދާޅުވިއެވެ. އަދި ޓީވީން ފެންނަ ގޮތަށްވެސް ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި މީހުންނަށް ސައިންސްގެ މައްޗަށް އިތުބާރު އުފެއްދުމަށް އެކަން ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އޮބާމާ ވިދާޅުވިއެވެ.

މީގެއިތުރުން އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކަރޓަރގެ ފައުންޑޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަރޓަރ އާއި އަނބިކަނބަލުން ވެކްސިން އުފެއްދުމަށާއި އެެ ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރައްވާ ކަމަށެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު މީގެ ކުރިންވެސް އެމެރިކާގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންވަނީ ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އެހީތެރިވެދީ މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެކި ކަންކަން ކުރައްވާފައެވެ.

އެގޮތުން ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ފްލައިޓެއް ހައިޖެކްކޮށްގެން އެމެރިކާގެ ވޯރލްޑް ޓްރޭޑް ސެންޓަރ ގޮއްވާލި ސެޕްޓެމްބަރ 11 ،2001 ގެ ހާދިސާއަށްފަހު މީހުން މަތިންދާބޯޓުގައި ދަތުރުކުރުމަށް ޖެހިލުންވުމުން ބުޝްގެ ބައްޕާފުޅު އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ބުޝް އާއި މަންމާފުޅު ބަރބަރާ ބުޝްވަނީ ފްލައިޓުން އެކިފަހަރު ދަތުރުކުރައްވާފައެވެ.

މީގެއިތުރުން 2005 ވަނަ އަހަރު އެމެރިކާއަށް އައި ވަރުގަދަ ތޫފާން ކެޓްރީނާގައި ލިބުނު ގެއްލުންތަކަށް ފަންޑް ހޯދުމަށް ކުރިޔަށް ގެންދިޔަ ކަންކަމުގައި ކްލިންޓަން އާއި ޖޯޖް ބުޝް ބައިވެރިވެވަޑައިގެން އެކުގައި މަސައްކަތްކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
6 ޑިސެންބަރ 2020 | އާދީއްތަ 00:21
މުހަންމާ
މިކަހަލަ ރިވެތި މިސާލުން އެމް.ޑީ.ޕީ ގެ ގުންޑާއިންވެސް މިސާލުނަގާ އަމަލު ކޮށްބަލަ.
5 ޑިސެންބަރ 2020 | ހޮނިހިރު 15:43
ޙަބީބު.
މުސްލިމުންގެ އީދުދުވަހު ސައްދާމު ހުސެންދަންޖައްސާ ޝަހީދުކޮއްލި ނުލަ ފާބުސް ﷲ ތިޔަބުސްއައް އަޒާބު އިތުރުކުރައްވާށި