ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 12:41
ވެކްސިނަކީ ކޮރޯނާ ފައިޒަރ އަދި ބަޔޯންޓެކްގެ ވެކްސިން އަކީ 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެ
ވެކްސިނަކީ ކޮރޯނާ ފައިޒަރ އަދި ބަޔޯންޓެކްގެ ވެކްސިން އަކީ 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެ
ޓްވިޓަރ
ފައިޒަރގެ ކޮވިޑް ވެކްސިން
ބަޔޯއެންޓެކާއި ފައިޒަރގެ ވެކްސިން ޔޫކޭ ގައި ބޭނުންކުރަން ހުއްދަދީފި
 
ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް އީޔޫ ގައިވެސް ވަނީ އެދިފައި
 
ވެކްސިން ދޭން ވަރަށް އަވަހަށް ފަށާނެ

އެމެރިކާގެ ފައިޒަރ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނި ގުޅިގެން ތައްޔާރުކުރި ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، މެޑިސިންސް އެންޑް ހެލްތް ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) ގެ އިރުޝާދުގެ ދަށުން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގެ ހެލްތް ސެކެރެޓަރީ މެޓް ހެންކޮކް ވިދާޅުވީ، އަންނަ ހަފްތާގެ ކުރީކޮޅުން ފެށިގެން އެ ގައުމުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފައިވާއިރު، ޔޫރަޕްގެ ގައުމުތަކުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދި ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) ގައި ފައިޒަރ އަދި ބަޔޯންޓެކުން ވަނީ އެދިފައެވެ.

އެންމެ ފަހުން އެ ކުންފުނިތަކުން ހެދި ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި، ވެކްސިނަކީ ކޮރޯނާ ވައިރަސްއަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ވަނީ އެ ގައުމުގައި ފައިޒަރގެ ވެކްސިން ބޭނުންކުރުުމުގެ ހުއްދައަށް އެދިފައެވެ.

މީގެ އިތުރުން ފައިޒަރއިން ވަނީ އެ ކުންފުނީގެ ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ޓްރަޔަލްތަކެއްވެސް އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް