ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 22:18
ފައިޒަރ އިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންގެ 90 އިންސައްތަ ރައްކާތެރިކަމަށް ޓެސްޓްތަކުން ދައްކާ
ފައިޒަރ އިން ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންގެ 90 އިންސައްތަ ރައްކާތެރިކަމަށް ޓެސްޓްތަކުން ދައްކާ
-
ފައިޒަރގެ ކޮވިޑް ވެކްސިން
ބަޔޯއެންޓެކާއި ފައިޒަރގެ ވެކްސިނަށް ހުއްދަ ހޯދަން އީޔޫ ގައި އެދިއްޖެ
ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ޓްރަޔަލްތަކެއް ވަނީ ފަށާފައި
ވެކްސިންގެ ހުއްދަ އަށް އެފްޑީއޭ ގައިވެސް އެދިފައި
95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް

އެމެރިކާގެ ފައިޒަރ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނި ގުޅިގެން ތައްޔާރުކުރި ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް ޔޫރަޕިއަން ޔޫނިއަންގެ، ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) ގައި އެދިއްޖެއެވެ.

ހުއްދަ ލިބިއްޖެނަމަ މި މަސް ތެރޭގައި ވެކްސިން ޔޫރަޕްގައި ބޭނުންކުރަން ފެށޭނެ ކަމަށް ބަޔޯއެންޓެކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ބަޔޯއެންޓެކް އަދި ފައިޒަރއިން އެމެރިކާގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް، ފުޑް އެންޑް ޑްރަގް އެޖެންސީ (އެފްޑީއޭ) ގައިވެސް އެދިފައެވެ.

އެންމެ ފަހުން އެ ކުންފުނިތަކުން ހެދި ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި، ވެކްސިނަކީ ކޮރޯނާ ވައިރަސްއަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެކެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ވަނީ އެ ގައުމުގައި ފައިޒަރގެ ވެކްސިން ބޭނުންކުރުުމުގެ ހުއްދައަށް އެދިފައެވެ.

މީގެ އިތުރުން ފައިޒަރއިން ވަނީ އެ ކުންފުނީގެ ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ޓްރަޔަލްތަކެއްވެސް އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް