ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 18:09
 ޕްރެސްޓަން ނޯތު އެންޑް ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރެސްޓަން ނޯތު އެންޑް ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ސްކައި ނިއުސް
ނިއުކާސަލް
ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް
ހަތް އަހަރު ތެރޭ 2 ފަހަރަށް ރެލިގޭޓްވި
ހުރިހާ ޝުކުރެއް ބެނިޓޭޒާއި ކުޅުންތެރިންނަށް

މިދިޔަ އަހަރު ޕްރިމިއާ ލީގުން އިނގިރޭސި ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ނިއުކާސަލް ޔުނައިޓެޑް އަލުން އަނބުރާ ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެއެވެ.

 

ނިއުކާސަލް ޕްރެމިއަރ ލީގަށް ކޮލިފައިވީ ދެވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހު ޕްރެސްޓަން ނޯތު އެންޑް އަތުން މޮޅުވުމުންނެވެ.

 

ޕްރެސްޓަން ނޯތު އެންޑް އަތުން ނިއުކާސަލް މޮޅުވީ 4-1 ގެ ބޮޑު ތަފާތަކުންނެވެ.  މިމެޗުން މޮޅުވުން ނިއުކާސަލްއަށް ލިބެނީ ތާވަލްގެ ދެވަނައެވެ. އެއްވަނައިގައި އޮތީ ބްރައިޓަން އެންޑް ހޯވް އަލްބިއަންއެވެ.

 

އިނގިރޭސި ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބޭނީ ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމަށެވެ.

 

ހޯމަ ދުވަހުގެ މެޗުގައި ނިއުކާސަލްގެ ލަނޑުތައް ކާމިޔާބުކުރީ އަޔޯޒޭ ޕްރޭޒް އާ މެޓް ރިޗީ އަދި ކްރިސްޓިއަން އަޓްސޫ އެވެ.

 

މި ކުޅުންތެރިންގެ ތެރެއިން އަޔޯޒޭ ދެ ލަނޑު ޖަހާފައިވާއިރު އަނެއް ދެ ކުޅުންތެރިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހާފައެވެ.

 

ޕްރެސްޓަންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ޖޯޑަން ހަގިލްއެވެ. މިމެޗުގެ ފަހު ހާފުގައި ޕްރެސްޓަން އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

 

ޗެމްޕިއަންޝިޕްގައި ކޮންމެ ޓީމަކަށް ވެސް ދެ މެޗު ބާކީ އޮތްއިރު  ބްރައިޓަން އެއްވަނައިގައި އޮތީ 44 މެޗުން 92 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް ދެ ވަނައިގައި އޮތީ 44 މެޗުން 88 ޕޮއިންޓާ އެކު އެވެ.

 

ދެ ޓީމުގެ އިތުރުން ޕްރެމިއަރ ލީގަށް ޕްރޮމޯޓްވުމަށް ވާދަކުރަނީ ރެޑިން، ޝެފީލްޑް ވެނެސްޑޭ އަދި ހަޑްސްފީލްޑް އެވެ. ޕްރެމިއަރ ލީގަށް ޕްރޮމޯޓްވާނީ ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފުން އެއް ވަނައަށް ދާ ޓީމެކެވެ.

ޕްރެމިއަރ ލީގަށް ޕްރޮމޯޓްވުމުން ސަޕޯޓަރުން ބެނިޓޭޒްގެ ބޮޑު ބެނަރ އެއް ސްޓޭޑިއަމްގައި ދަމާލަނީ

ހަތް އަހަރު ތެރޭގައި ދެ ފަހަރަކަށް ނިއުކާސަލް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންޝިޕަށް ރެލިގެޓްވެފައިވެއެވެ. އެގޮތުން 2009 ވަނަ އަހަރުގެ ސީޒަނުގައި ވެސް ނިއުކާސަލް ވަނީ ދެ ވަނަ ޑިވިޒަނަށް ރެލިގޭޓްވެފައެވެ.

 

އެފަހަރު އަލުން 2010 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ނިއުކާސަލް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އެވެ.

 

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ ސީޒަން ފެށީ ވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަކީ ޓާގެޓް ކަމަށް ދެކިގެން ކަމަށެވެ.

 

ނިއުކާސަލްގެ ހައްގު މަގާމަށް ދިއުން ކަމަށް ކުރި މަސައްކަތް ހާސިލްވެއްޖެ ކަމަށް ބެނިޓޭޒް ބުންޏެވެ. އަދި މިދިޔަ ސީޒަނުގައި ނިއުކާސަލް ރެލިގޭޓްވުމުން ކްލަބް ދޫކޮށްނުލީ ސަބަބަކީ ވެސް މި ކްލަބްގެ ހައްގު މަގާމަށް ގެންގޮސްދިނުން ކަމަށް ބެނިޓޭޒް ބުންޏެވެ.

- ކޮމެންޓް