ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 17:35
ސިމިއޯނީ މެޗެއްގައި އިރުޝާދު ދެނީ، އިންޓަރ އިން 55 މިލިއަން ޔޫރޯވަނީ ހުށަހަޅާފައި
ސިމިއޯނީ މެޗެއްގައި އިރުޝާދު ދެނީ، އިންޓަރ އިން 55 މިލިއަން ޔޫރޯވަނީ ހުށަހަޅާފައި
ގޫގުލް
ޑިއޭގޯ ސިމިއޯނީ
ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ
55 މިލިއަން ޔޫރޯ ހުށަހެޅި
ސިމިއޯނީގެ އިތުރުން ކޮންޓޭއަށްވެސް ދަނީ ބަލަމުން

ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީއަށް ބޯޑު އަގެއް ހުށަހަޅާ އޭނާ ހޯދުމަށް އިޓަލީގެ އިންޓަމިލާން އިން ތައްޔާރުވެއްޖެއެވެ.

 

ރިޕޯޓްތައް ބުޏާ ގޮތުން އާޖެންޓީނާ ސިމިއޯނީ ހޯދުމަށް އިންޓަރ މިލާނުން 55 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް އޮތީ ތައްޔާރަށެވެ. އެގޮތުން އެ އަގާއެކު 5 އަހަރުގެ ކޮންޓްރެކްޓެއްވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އިންޓަ މިލާނަށް 57 މެޗު ކުޅެދީ 11 ލަނޑު ޖަހައިދީފައިވާ ސިމިއޯނީ ކުރިންވަނީ އެ ޓީމަށް ކޯޗު ކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން އިންޓަރގެ ހުށަހެޅުމަށް ޖަވާބެއް ދިނުމަށް ސިމިއޯނީއަށް ލިބިފައިވަނީ އެންމެ ވިހި ދުވަހުގެ މުހުލަތެކެވެ.

 

ސިމިއޯނީ އިތުރުން އިންޓަމިލާނުން އަންނަނީ އެހެން ކޯޗަކަށްވެސް ބަލަމުންނެވެ. އެގޮތުން ދެން ފާރަލަމުން އަންނަ ކޯޗަކީ ޗެލްސީގެ އެންޓޯނިއޯ ކޮންޓޭއެވެ.

 

އިންޓަމިލާނުން އެހެން ކޯޗެއް ހޯދުމުގެ މަސައްކަތްކުރާނީ ސިމިއޯނީ އަދި ކޮންޓޭގެ ޖަވާބަކަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އިޓަލީ ލީގުގައި އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ އިންޓަމިލާނަށް މިސީޒަނުގައި މާއެދެވޭ ނަތީޖާތަކެއް ނެރެވިފައެއްނުވެއެވެ. އެހެންވެ މި ސީޒަނާ ކުރިމަތިލި އިރު ކޯޗަކަށްހުރި ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާއާ ވަކިކުރުމަށްފަހު، ސްޓެފާނޯ ޕިއޮލީ ވަނީ ކޯޗަކަށް ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް