ސޫދާންގެ ކުރީގެ ބޮޑު ވަޒީރު ސޯދިގު އަލް މަހްދީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.
މަހްދީ އަވަހާރަވެފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މަހްދީ އަވަހާރަވީ ޔުނައިޓެޑް އަރަބިކް އެމިރޭޓްސް (ޔޫއޭއީ) ގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް, ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
މަހްދީއަށް ކޮވިޑް ޖެހިފައިވާކަން ހާމަކޮށްފައި ވަނީ އޮކްޓޯބަރ މަހު ފަހުކޮޅުގައެވެ. އެގޮތުން ކޮވިޑް ޖެހުމާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ހޯދާފައި ވަނި ސޫދާންގެ ހޮސްޕިޓަލެއްގައެވެ. ޔޫއޭއީގެ ހޮސްޕިޓަލަށް ބަދަލުކުރެވުނީ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ.
މަހްދީ އަކީ ދިމުގްރާތީ އުސޫލުން ސޫދާނުގައި ހޮވުނު އެންމެ ފަހު ޕްރައިމް މިނިސްޓަރެވެ. މަހްދީ އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ. އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ހަ ބޭފުޅުން ތިއްބަވައެވެ. މަހްދީ ފަސްދާނުލުން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހެދުނުގެ ވަގުތުގައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
