ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 21:06
ލަންކާގައި ކޮވިޑަށް ބަޔަކު ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ލަންކާގައި ކޮވިޑަށް ބަޔަކު ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ޒިންހުއާ
ކޮވިޑް-19 ލަންކާގެ ހާލަތު
ލަންކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 20،000 އަށް!
 
އެންމެ ގިނައިން ކޭސްތައް ރިޕޯޓްކޮށްފައި ވަނީ ކޮލޮމްބޯ ޑިސްޓްރިކްޓުން
 
13 ޑިސްޓްރިކްޓަކުން ކޭސްތައް ރިޕޯޓްކޮށްފައިވޭ
 
އާދިއްތަ ދުވަހު އެކަނިވެސް 400 އަށް ވުރެގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި

ސްރީލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20،171 އަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާދިއްތަ ދުވަހު އެކަނި ވެސް އެ ގައުމުން 400 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އެ ގައުމުގެ 13 ޑިސްޓްރިކްޓަކުން ކޭސްތައް ރިޕޯޓްކޮށްފައި ވެއެވެ.

އެގޭ ތެރެއިން އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ އެންމެ އާބާދީ ބޮޑު ކޮލޮމްބޯ ޑިސްޓްރިކްޓުންނެވެ. އެގޮތުން ކޮލޮމްބޯ ޑިސްޓްރިކްޓުން ވަނީ 121 މީހަކު ޕޮޒިޓިވް ވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގަމްޕަހަ ޑިސްޓްރިކްޓުން ޕޮޒިޓިވްވީ 112 މީހުންނެވެ.

ސްރީލަންކާގައި ކޮވިޑް ބަލިން މަރުވީ މީހުންގެ އަދަދަށް ބަލާއިރު، އާދިއްތަ ދުވަހު އެ ގައުމުން މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެއާއިއެކު ކޮވިޑް-19 ޖެހިގެން ލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ.

ބަލި ޖެހުން މީހުނު މީހުންގެ ތެރެއިން 14،497 މީހުން މިހާތަނަށް ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
17%
0%
83%
0%
0%
0%
ކޮމެންޓް