ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 17:32
މިސްޓަރ ބީން
މިސްޓަރ ބީން
ގޫގުލް
މިސްޓަރ ބީން
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
މިސްޓަރ ބީން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުންގެ މަގްބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ މަޖާ ފިލްމުތަކެއް

މަޝްހޫރު ކޮމެޑިއަން އެކްޓާ ރޯވަން އެކްޓިންސަން (މިސްޓަރ ބީން) އެނބުރި އައުންވެސް އޭނާގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ވަރަށް މަޖާވާނެ ކަމަށް އޭނާ ބުނެފިއެވެ.

 މިސްޓަރ ބީން ބުނީ ދެން ފެންނަ އޭނާގެ އެޕިސޯޑުން ފެންނާނީ ދުވަސްވީ މީހެއްގެ ރޯލުކަމަށްވެ. މިސްޓަރ ބީން ބުނީ އޭނާ މުސްކުޅިއޭ ކިޔާފައި އެ ރޯލުން ނުފެންނަން ވީ ސަބަބެއް ނެތް ކަމަށެވެ.

 މުސްކުޅި ރޯލެއް ކުޅުމަކީ ވަރަށް ކުޅޭ ހިތްވާ އަދި މަޖާކަމަކަށް ވާނެކަމަށް އޭނާ ބުންޏެވެ. މިސްޓަރ ބީން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުންގެ މަގްބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ މަޖާ ސިލްސިލާ ފިލްމްތަކެކެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މިސްޓަރ ބީން ސްކްރީންތަކަށް އެނބުރި އަންނަ ގޮތަށް ހަމަޖެހިފައިވަނީ ޗެރިޓީ ޝޯވ ކޮމިކް ރިލީފް ހަދާ ކޮމެޑީ ސްކެޗަކަށެވެ.

އުމުރުން 62 އަހަރުގެ މިސްޓަބީންގެ އެޕިސޯޑްތައް ނިކުމެފައިވަނީ 1990 އިން ފެށިގެން 1995 ވަނަ އަހަރާއި ހަމައަށެވެ.

އެއަށް ފަހު މިސްޓަރ ބީންގެ ދެ ފީޗަރ ފިލްމެއް ވެސް ވަނީ ހަދާފައެވެ. އެއީ، 1997 ވަނަ އަހަރު ނިކުތް ފިލްމް "ބީން: ދި އަލްޓިމޭޓް ޑިޒާސްޓަރ މޫވީ" އާއި، 2005 ވަނަ އަހަރު ނިކުތް "ބީންސް ހޮލިޑޭ" ފިލްމެވެ. މިސްޓަރ ބީން އެންމެ ފަހުން ފެނިފައި ވަނީ 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހުށަހެޅި ހުށަހެޅުމެއްގައެވެ.

- ކޮމެންޓް