ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 08:44
އެސްޓްރަޒެނިކާއިން ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިންގެ ސާމްޕަލެއް
އެސްޓްރަޒެނިކާއިން ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިންގެ ސާމްޕަލެއް
އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން
އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އުމުރުން 70 އަހަރުން މަތީ މީހުންނަށް ކާމިޔާބު
 
މިހާރު ނަގަމުންދާ ޑާޓާތައް ރިވައިސް ކުރުމަށް ފަހު އޭގެ ނަތީޖާ ޑިސެމްބަރ މަހުގެ 24 އާ ހަމައަށް ލިބޭނެ
 
ބޮޑެތި ބަލިތައް ހުންނަ މީހުންގެ ދިފާއީ ނިޒާމު މިވެކްސިން ޖެހުމުން ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރޭ

އެސްޓްރަޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނުން އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމު ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ހާމަކޮށްފިއެވެ.

މެޑިކަލް ޖަރނަލްގައި ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާއިރު އުމުރުން 70 އަހަރުން މަތީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންގެ ދިފާއީ ނިޒާމު މިވެކްސިން ޖެހުމުން ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރެއެވެ. އެ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ އާއި ޓީ-ސެލް އުފެއްދައިދޭ ކަމަށް މި ޑާޓާތަކުގެ މައްޗަށް ހަދާފައިވާ ދިރާސާގައި ބުނެފައިވެއެވެ.

މިއާއެކު އޮކްސްފޯރޑް ވެކްސިން ގްރޫޕުން ބުނެފައި ވަނީ މި ވެކްސިންއިން ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރާ މީހުން ވައިރަސްއިން ރައްކާތެރިކޮށްދޭނެ ކަމުގެ އުންމީދު ލިބިއްޖެކަމަށެވެ.

އެސްޓްރަޒެނެކާގެ މި ވެކްސިން މިހާރު އުޅެނީ ފޭސް ތިނެއްގެ ޓްރެއަލްގައެވެ. އަދި މިހާރު ދަނީ މި ވެކްސިންއަކީ ބޭނުން ކުރުމަށް ރައްކާތެރި ވެކްސިނެއްތޯ ބެލުމުގެ އެންމެ ފަހުގެ ދިރާސާތައް ކުރަމުންނެވެ.

މިހާރު ނަގަމުންދާ ޑާޓާތައް ރިވައިސް ކުރުމަށް ފަހު އޭގެ ނަތީޖާ ޑިސެމްބަރ މަހުގެ 24 އާ ހަމައަށް ލިބޭނެ ކަމަށް އޮކްސްފޯރޑް ވެކްސިން ގްރޫޕުން ބުނެއެވެ. އަދި ވެކްސިން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަނީ ކިހާ މިންވަރަކަށް ކަމާއި ވެކްސިންގެ ކާމިޔާބީގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް އެ ގްރޫޕުން ބުނެއެވެ.

އެސްޓްރަޒެނެކާއިން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނަކީ މީގެ ކުރިން އެންމެ ކުރީގައި އުޅުނު ވެކްސިނެވެ. ނަމަވެސް ދާދިފަހުން ފައިޒަރ އަދި ބައޯއެންޓެކުގެ އިތުރުން މޮޑާނާއިން ވަނީ އެ ކުންފުނިތަކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންގެ އެންމެ ފަހު ސްޓޭޖްގެ ޑާޓާތަކުން ދައްކާގޮތުން އެ ވެކްސިންތައް 90 އިންސައްތަ ކާމިޔާބު ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން އޮކްސްފޯރޑް ވެކްސިން ގްރޫޕުން ބުނެފައި ވަނީ އެ މީހުން ކޮންމެހެން އަވަސް އަރުވާލައިގެން ވެކްސިނެއް އުފައްދަން ނޫޅޭ ކަމަށެވެ. އަދި އެއްވެސް ބަޔަކާއި ވާދަނުކުރާ ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ. އެސްޓްރަޒެނެކާއިން ވަނީ އެކި ގައުމުތަކާއެކު ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް