ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 12:23
ޗައިނާގެ ސިނޯފަރމް ގްރޫޕް
ޗައިނާގެ ސިނޯފަރމް ގްރޫޕް
ރޮއިޓަރސް
ސިނޯފާމް ކޮވިޑް ވެކްސިން
ޗައިނާގެ ސިނޯފާމް ކޮވިޑް ވެކްސިންގެ އެއް މިލިއަން ޑޯޒް ޖަހައިފި
 
އެމަރޖެންސީކޮށް ވެކްސިން ދީފައިވާ އެއްވެސް މީހެއްގެ ފުށުން ސީރިއަސް ކަންތައްތަކެއް އަދި ފާހަގަކުރެވިފައިނުވޭ
 
މި ވެކްސިންތައް ކްލިނިކަލް ޓްރަޔަލްގައި އުޅޭއިރު އަދި މިއިން އެއްވެސް ވެކްސިނަކަށް ލައިސަންސް ލިބިފައެއްނުވޭ
 
ޗައިނާގައި އެމަރޖެންސީކޮށް ވެކްސިން ބޭނުންކުރަން ފަށާފައި ވަނީ ޖުލައި މަހު ތެރޭގައި

ޗައިނާގެ ގައުމީ ފާމަސޫޓިކަލް ގްރޫޕް ސިނޯފާމްގެ ކޮވިޑް ވެކްސިން އެމަރޖެންސީކޮށް އެ ގައުމުގައި ބޭނުންކުރަމުން އަންނައިރު، މިހާތަނަށް އެއް މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

ޗައިނާގައި އެމަރޖެންސީކޮށް ވެކްސިން ބޭނުންކުރަން ފަށާފައި ވަނީ ޖުލައި މަހު ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ޗައިނާގައި އުފައްދަމުން އަންނަ ކޮވިޑް ވެކްސިންތަކުގެ ތެރެއިން ތިން ވެކްސިނެއް އަންނަނީ ދެމުންނެވެ. މި ވެކްސިންތައް ދެމުން އަންނަނީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ވަކިވަކި ގްރޫޕްތަކަށެވެ.

މި ވެކްސިންތައް ކްލިނިކަލް ޓްރަޔަލްތަކުގައި އުޅޭއިރު އަދި މިއިން އެއްވެސް ވެކްސިނަކަށް ލައިސަންސް ލިބިފައެއް ނުވެއެވެ. ސިނޯފާމް އިން ބުނެފައިވާ ގޮތުގައިވާ އެމަރޖެންސީކޮށް ވެކްސިން ދީފައިވާ އެއްވެސް މީހެއްގެ ފުށުން މިހާތަނަށް ސީރިއަސް ކަންތައްތަކެއް ފާހަގަކުރެވިފައެއް ނުވެއެވެ.

ސިނޯފާމް އިން ދެ ވެކްސިނެއް އުފައްދަމުން އަންނައިރު، ވެކްސިނެއް ތައްޔާރު ކުރަނީ ސިނޯފާމްގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ޗައިނާ ނޭޝަނަލް ބައޯޓެކް ގްރޫޕުންނެވެ. އަދި ތިންވަނަ ވެކްސިން އުފައްދަމުން އަންނަނީ ސިނޯވެކް ބައޯޓެކުންނެވެ. އެމަރޖެންސީކޮށް ބޭނުން ކުރަމުން އަންނަނީ މި ވެކްސިންތަކެވެ.

ޗައިނާ ނޫން ގައުމުތަކުގައި ވެސް ސިނޯފާމްގެ ދެ ވެކްސިންގެ ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލްތައް ވަނީ ފަށާފައެވެ. އަދި މި ޓްރަޔަލްތަކުގައި 60،000 މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 40،000 އަށް ވުރެ ގިނަ މީހުންގެ ލޭގެ ސާމްޕަލް ވަނީ ނަގާފައެވެ. އެއީ އެމީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދިންތާ 14 ދުވަސް ފަހުން ކަމަށް އެ ގްރޫޕުން ބުނެއެވެ.

މީގެ އިތުރުން ސިނޯފާމް އިން އުފައްދަމުން އަންނަ ވެކްސިންގެ ޑޯޒް ދީފައިވާ މީހުންގެ ތެރެއިން ބޭރު ގައުމުތަކަށް ދިޔަ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންނާއި، ޑިޕްލޮމެޓުން އަދި ކިޔަވާކުދިންގެ ތެރެއިން އެއްވެސް މީހަކަށް ކޮވިޑް ޖެހިފައި ނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މާހިރުން ވަނީ ހަމައެކަނި އެމަރޖެންސީ ޕްރޮގްރާމްގެ ދަށުން ވެކްސިން ދޭ މީހުންގެ ޑާޓާތަކުގެ މައްޗަށް ބިނާކޮށް ވެކްސިންގެ ކާމިޔާބުކަން ނުނިންމުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
33%
33%
0%
0%
0%
33%
ކޮމެންޓް