ނިއުޒިލެންޑްގައި އެގައުމުގެ ފުލުހުންގެ އޮފިޝަލް ޔުނީފޯމުގައި ހިޖާބު ހިމަނައިފި އެވެ.
މިކަމާ ގުޅިގެން އެގައުމުން ބުނީ ފުލުހުންގެ އޮފިޝަލް ޔުުނީފޯމުގައި ހިޖާބު ހިމަނާފައިވަނީ މުސްލިމު އަންހެނުން އެގައުމުގެ ފުލުހުންނާ ގުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
މި ޔުނީފޯމާއި އެކު އެންމެ ފުރަތަމަ ހިޖާބް އަޅާނީ ކޮންސްޓެބަލް ޒީނާ އަލީއެވެ. މިކަމާމެދު ޒީޏާ ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކުރިން ފުލުހުންގެ ގެ ފޯސް އާއި ގުޅުމަށް ނިންމާފައިނުވާ މުސްލިމު އަންހެނުންނަށް މިހާރު މިކަމާ ވިސްނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޒީނާ އިތުރަށް ފާހަގަކޮށްފައިވަނީ މި ހިޖާބް ޔުނީފޯމުގައި ހިމެނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހިޖާބް ޑިޒައިން ކުރުމުގައި ބައިވެރި ވުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
އަދި ރޯޔަލް ނިއުޒިލެންޑް ޕޮލިސް ކޮލެޖުން އޭނާގެ ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާދީފައިވާ ގޮތްތަކާއި ހަލާލު ކާނާ ހޯދައިދޭ ދިނުން ފާހަގަކޮށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ނިއުޒިލެންޑުގެ އިތުރުން ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިސް އާއި ޕޮލިސް ސްކޮޓްލޭންޑުގައި ޔުނީފޯމާއިއެކު ހިޖާބް އެޅުން ވަނީ ހުއްދަކޮށްފަ އެވެ.