ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 22:58
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ސިއްހީ އެހީތެރިން މަސައްކަތް ކުރަނީ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ސިއްހީ އެހީތެރިން މަސައްކަތް ކުރަނީ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ސަން އޮންލައިން
ކޮވިޑް-19
މާލެއިން 86 މީހުންނާއެކު ޖުމްލަ 110 މީހުން ޕޮޒިޓިވްވެ، އަދަދުތައް މައްޗަށް
 
ޕޮޒިޓިވް ވެފައި ވަނީ 79 ބިދޭސީންނާއި، 31 ދިވެހިން
 
މިއީ ސެޕްޓެމްބަރ 5 ގެ ފަހުން އެންމެ ގިނަ މީހުން މިބައްޔައް ޕޮޒިޓިވްވި ދުވަސް

ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން 86 މީހުންނާއެކު ޖުމްލަ 110 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.

މިއީ ސެޕްޓެމްބަރ މަހުގެ 05 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މިބައްޔައް ޕޮޒިޓިވްވި ދުވަހެވެ. އަލަށް ރަނގަޅުވި 27 މީހުންނާއެކު ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،316 އަރައިފަ އެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބު އާންމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 އިން ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އަށް، 79 ބިދޭސީންނާއި، 31 ދިވެހިން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ އެހެނިހެން ތަފާސް ހިސާބަށް ބަލައިލާއިރު މިވަގުތު މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ947 އެވެ. މީގެތެރެއިން 59 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު މިއަދުވަނީ ނިޔާވެފަ އެވެ. މިއާއެކު މިބަލިޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދުވަނީ 44 އަރައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް