ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 21:10
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
މުހައްމަދު ޝަރުހާން
މިނިސްޓަރު ނަހުލާ
އައިޝާ އަށް މަގާމު ދެއްވީ ގާބިލްކަން އެނގިގެން: ގާސިމް
 
ނަހުލާއާ ގުޅުވައިގެން އެކި ގޮތް ގޮތަށް ޝޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުން
 
ނަހުލާއާ ''އަޅައިގެން'' ނޫޅެން ނަސޭހަތްތެރިވި
 
އަނބިކަނބަލުންނަށް ގާސިމް ވަރަށް ބޮޑަށް ތައުރީފްކުރެއްވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަގާމު އައިޝަތު ނަހުލާ އައްޔަން ކުރެއްވީ އެކަމަނާ އަކީ ގާބިލް ބޭފުޅަކަށްވާތީ ކަމަށް ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވަނީ ނަހުލާއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާއި އަނބިކަނބަލުންގެ ދިފާއު ކުރައްވާފަ އެވެ.

މިނިސްޓަރު ކަމަށް ނަހުލާ އައްޔަން ކުރައްވާފައިވަނީ ގާސިމްގެ އަނބިކަނބަލުންނަށް ވެގެން ނޫން ކަމަށް ''ދިވެހިރާއްޖޭގެ އަޑުން'' ގެނެސްދިން ޕްރޮގްރާމެއްގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. ނަހުލާ އެހެން ވިދާޅުވުމުން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުގެ މަލާމާތުގެ ބަސްތައް އެކަމަނާއަށް ވަނީ އަމާޒުވެފަ އެވެ.

ޖޭޕީގެ މީޑިއާ ގްރޫޕަށް ގާސިމް ފޮނުއްވި ދިގު މެސެޖެއްގައި ކޯފާ އިސްކުރައްވަމުން ގާސިމް ވިދާޅުވީ، އޭނާގެ އަނބިކަނބަލުންނަށް ވެގެން ވަޒީފާ އެއް ދެއްވަން ޖެހޭ ގޮތަށް ގާނޫނެއް ވެސް އުސޫލެއްވެސް އަދި ގަވާއިދެއްވެސް ނެތް ކަމަށެވެ.

ނަހުލާ އަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ، މިނިސްޓަރު ކަމަށް ނަހުލާ އައްޔަން ކުރައްވަން ރައީސް އަށް ހުށައެޅުއްވީ އެކަމަނާއަކީ ގާބިލު ބޭފުޅެއް ކަމަށް ރައްޔިތުން ގަބޫލު ކުރާތީ ކަމަށެވެ.

ހިހިހި.. ވީމާ ގާސިމްގެ އަނބިމީހާ އަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެތާ ދޯ؟ އޮނަރަބްލް އައިޝާ އަކީ ކަން ކުރެވޭނެ، ހިތްވަރު ހުރި، ވިސްނުންތެރި ކުޅަދާނަ ތެދުވެރި އަދި ތައުލީމީ އަދަބުވެރި، ކިޔަމަންތެރި، ގާބިލު ބޭފުޅެއް ކަމަށް ގާސިމަށް ޔަގީން ވާތީ އައިޝާ އިންތިހާބުގައި ކުރެއްވި ގިނަ ގުނަ މަސައްކަތްތަކާއި އެކު ރައްޔިތުން އެކަމަނާ ބަލައިގަތް ކަން.
ގާސިމް އިބްރާހިމް - ޖުމްހޫރި ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވި ގޮތުގައި އައިޝާގެ ނަން ރައީސަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބު ތެރޭގައި އެކަމަނާ ކުރެއްވި މަސައްކަތްތަކުން އެކަމަނާ ރައްޔިތުންގެ ލޯބި ހޯދާފައިވާތީ ކަމަށެވެ.

ރައީސް އެ މަގާމް ދެއްވީ ރައީސް އަށް އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަނބިމީހާ އަށް ވެގެނެއް ނޫން.
ގާސިމް އިބްރާހިމް - މިނިސްޓަރު ނަހުލާގެ ފިރިކަލުން އަދިި ޖޭޕީގެ ލީޑަރު

އެ މަގާމަށް ނަހުލާ އައްޔަން ކުރެއްވީ ވަކި މީހެއްގެ އަންބަކަށް ވެގެން ނޫން ކަމަށް ވިދާޅުވެ، ގާސިމް އެވާހަކަ ތަކުރާރު ކުރެއްވިއެވެ. އަދި އެކަމަނާއާ ގުޅުވައިގެން އެކި ގޮތް ގޮތަށް ވާހަކަ ނުދައްކަން ގާސިމް ނަސޭހަތްތެރިވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
33%
0%
17%
50%
0%
ކޮމެންޓް
17 ނޮވެންބަރ 2020 | އަންގާރަ 06:52
އަލީ
އެއްވެސް ގާބިލް މީހެއްނޫން ރުއްސަން ވެގެން ދިން ވަޒީފާއެއް.
17 ނޮވެންބަރ 2020 | އަންގާރަ 06:29
ޢަހާ
އޭނަ ގާބިލީ އެންމެ ކަމަކަށް