ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 22:23
މަގާމުން އިސްތިއުފާ ދެއްވި ފުވައްމުލަކު މެޖިސްޓްރޭޓް މުލްހާ އަލީ
މަގާމުން އިސްތިއުފާ ދެއްވި ފުވައްމުލަކު މެޖިސްޓްރޭޓް މުލްހާ އަލީ
އަވަސް.އެމްވީ
މެޖިސްޓްރޭޓުންގެ މައްސަލަ
މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ ފުވައްމުލަކު މެޖިސްޓްރޭޓަކު އިސްތިއުފާދީފި
 
މަގާމަށް އައްޔަން ކޮށްފައިވަނީ 2018 ވަނަ އަހަރު
 
ފުވައްމުލަކު ދެ މެޖިސްޓްރޭޓެއްގެ މައްސަލަވެސް ޖޭއެސްސީން ދަނި ބަލަމުން
 
ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަން ވަނީ އުވާލާފައި

ކޯޓުގައި މަސައްކަތްކުރާނެ މާހައުލެއް ނެތުމުގެ އިތުރުން ޒާތީ ގޮތުން ފިއްތުންތައް ކުރިމަތިވާ ކަމަށް ބުނެ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން އޮފީހަށް ނިކުންނަން ފެށިތަނާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މުލްހާ އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހު އެވެ.

މެޖިސްޓްރޭޓް ކަމުގެ މަގާމުން މުލްހާ ސަސްޕެންޑްކުރީ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. ޖޭއެސްސީން ދިޔައީ މުލްހާގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ފުލުހުން ހިންގި ތަހުގީގަކަށް ހުރަސް އަޅައި ހެކި ނައްތާލުމަށް ތުހުމަތު ކުރެވޭ މައްސަލަވެސް ހިމެނެ އެވެ.

ސަސްޕެންޝަން އުވާލިޔަސް އޮފީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުގެ އިތުރުން ޒާތީ ގޮތުން ފިއްތުންތައް ކުރިމަތިވާތީވެ މުލްހާ އިސްތިއުފާ ދެއްވާފައިވާކަން ''ރާއްޖެ.އެމްވީ'' އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައިވެސް މަސައްކަތް ކުރައްވާފައިވާ މުލްހާ، މެޖިސްޓްރޭޓް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
18%
10%
63%
3%
8%
0%
ކޮމެންޓް
17 ނޮވެންބަރ 2020 | އަންގާރަ 18:17
ޟުލްހާ އަކީ ސުވާން ކަނބަލެއް މުސްތަޤުބަލެއް އޮތް ބޭކަނބަލެއް އަދިވެސް ތިޔަ ދާއިރާއިން ކުރިޔަށް ދެވޭނޭ ބައިވަރު މަގުތައް އެބައޮތް
16 ނޮވެންބަރ 2020 | ހޯމަ 23:37
ފޯކްލޭންޑް
މުލްހާ މަސައްކަތްކުރު ޕީޖީގަ އިނގޭތޯ. މަޢުލޫމާތު ރަނގަޅަށް ކަށަވަރު ކުރައްވާ. އާދެ ޝުކުރިއްޔާ