ކ. މާލެ
|
16 ނޮވެންބަރ 2020 | ހޯމަ 00:05
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އެކްސަސައިޒެއްގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އެކްސަސައިޒެއްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް އިން ކުރިއަށްގެންދާ ތަމްރީނު
އަސްކަރިއްޔާގެ ތަމްރީނުތަކެއް ހުޅުމާލެ ދެވަނަ ފޭސްގައި ކުރިއަށްގެންދަނީ
 
މި ތަމްރީނުތައް ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް
 
ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވޭ

ދިވެހި އަސްކަރިއްޔާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ސްމޯލް ޓީމް އެކްސަސައިޒް 2020" ގެ ނަމުގައި ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދިވެހި އަސްކަރިއްޔާއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު، ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް ގެ ފައިނަލް އެކްސަސައިޒް ކުރިއަށް ގެންގޮސްފައެވެ.

މި ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ މާލެ، ހުޅުލެ އަދި ހުޅުމާލެ، އެކި ސަރަހައްދުތަކުގައެވެ.

ހުޅުމާލޭގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިވެހި އަސްކަރިއްޔާއިން ހަތިޔާރާއެކު ތަމްރީންތަކެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ތަމްރީންތައް ކުރިޔަށް ގެންދިއުމަށް ހަމެޖެހިފައި ވަނީ ޅ. މާފިލާފުއްޓާއި، ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައާއި، ކ. ގިރިފުށީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް