ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 22:15
ޖުޑިޝަލް ސާރވިސް ކޮމިޝަން
ޖުޑިޝަލް ސާރވިސް ކޮމިޝަން
ރާއްޖެއެމްވީ
ޖޭއެސްސީ އިސްމެޖިސްޓްރޭޓު މައްސަލަ
ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
 
ފެކްސް މެސެޖެއްގެ މައްސަލަވެސް ހިމެނޭ
 
ފޯޖް ކޮށްފައިކަމަށްބުނާ ސޮއިއެއްގެ މައްސަލަވެސް ހިމެނޭ
 
މައްސަލަ މަޖިލީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހު

ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީން ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހު އެވެ.

ޢަބްދުއްރައްޒާޤް މުޙައްމަދުގެ މައްޗަށް އެކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދިމާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލަ ހިންގި ދ މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓްގެ ޤަޟިއްޔާ އާއި، އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެކޯޓުގެ ޤަޟިއްޔާ، 04 މެއި 2015 ގައި ދ.މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤް މުޙައްމަދު ދ މާއެނބޫދޫ ކޯޓުގެ ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައިބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލަ އެވެ.

ދ.މާއެނބޫދޫ ކޯޓުގެ ދެ ޤަޟިއްޔާ 04 މެއި 2015 ގައި ނިންމާފައި ވަނިކޮށް، އެ ދެ ޤަޟިއްޔާ އަލުން ހިންގާފައިވަނީ އެ ޤަޟިއްޔާގައި ކުރިން ޙުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު އެނގިހުރެ ގަސްތުގައިކަން، އެދެމައްސަލަ ހިންގުމުގެކުރިން، މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ފެކްސް މެސެޖުން އެގޭ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އަދި މި ފެކްސް މެސެޖް ފޮނުވާފައި ނުވާކަމަށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ބުނެ ތަޙްޤީޤަށް އޮޅުވާލާފައިވާކަންވެސް ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން، އެފެކްސް މެސެޖުގައި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ދެ ޤަޟިއްޔާ ބާޠިލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަދި 6.1 އާއި ޚިލާފަށް ކަމަށްވާތީ އެދެ ޤަޟިއްޔާ އަލުން އެކޯޓުގައި ހިންގުމަށް އަންގައި ބަޔާންކޮށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު ޟުޙައްމަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާމު މުޙައްމަދު ވަކިކުރުމަށް ނިންމިއިން، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާ މުޙައްމަދު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ޙަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިޚްތިސާސް ލިބިގެން ނުވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށްބުނާ މައްސަލައަކާ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު NC:20I8:85 ޤަޟިއްޔާގެ ޝަރީޢަތަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤް މުޙައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއިއަކީ ފޯޖްކޮށްފައިވާ ސޮއެއްކަމަށް ބުނާ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ތަޙްޤީޤްކުރެވެމުން ކަމަށް ޖޭއެސްސީން ބުނެ އެވެ.

މީގެ އިތުރުން، ޕޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކުރަން ފެށުމާއި ގުޅިގެން 07 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒްގެ މުޙައްމަދު ހުންނެވީސުސްޕެންޑްކުރެވިފައި ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް