ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 22:34
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަމީން
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަމީން
ޓްވިޓަރ
ޓެރަރިޒަމް / އަމީން
ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލާފައިވާ އަމީންގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
 
އޭގެއިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ ވެސް ކޮށްފައިވޭ
 
ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވޭ

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި "ޓެރަރިސްޓެއް" ކަމަށްވާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެކެވެ. އެ ދެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައިފަހުން ފުލުހުން ދޭތެރެ ދޭތެރެއިން އޮޕްރޭޝަންތައް ބާއްވަމުންދާއިރު އަމީން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ މ. ވޯލްނަޓްގެ އިންނެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ޓެރަރިސްޓުންގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމަނާފައިވާ އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެއްކަމަށް ބުނެފައިވެ އެވެ. އަދި ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
25%
0%
0%
75%
0%
0%
ކޮމެންޓް