ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 22:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރުން
ބަޖެޓަށް ބަހުސްކުރުން މާދަމާގެ ޖަލްސާގައި
 
ބަޖެޓް ދިރާސާކޮށް ނިންމުމަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް
 
ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށްވެސް 15 މިނެޓްގެ އެއް ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފައި
 
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހަމައެކަނި ކަމަކީވެސްމި އެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަޖެޓުގެ ބަހުސް ކުރިޔަށް ގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު އެވެ. ބަޖެޓް ބަހުސް މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކުރިޔަށް ގެންދާނެކަމަށް ބެލެވެ އެވެ.

އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ މެމްބަރަކަށްވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތު ދިނުމަށެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓް ދިރާސާކުރަމުން އަންނަ ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށް ބަޖެޓް ދިރާސާކޮށް ނިންމާ ރިޕޯޓް އެކުލަވާލުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖިލީހަށް ހުށަހަޅާފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް