ކ. މާލެ
|
15 ނޮވެންބަރ 2020 | އާދީއްތަ 16:33
ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއު އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަނީ
ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއު އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަނީ
އެމްޑަބްލިޔުއެސްސީ
ފެނާއި ނަރުދަމާގެ މަޝްރޫއުތައް
15 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމާއި 5 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަޝްރޫއެއް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފި
 
މި މަޝްރޫއު ތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވޭ
 
5 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމު ކުރަން ހަމަޖެހިފައިވޭ
 
ޑިސައިން އެންޑް ބިލްޑްގެ އުސޫލުން ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ވަނީ 15 ރަށެއްގައި

ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމާއި 5 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަޝްރޫއެއް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިންގ މިނިސްޓްރީއިން އެމްޑަބްލިއުއެސްސީ އާއެކު މި މަޝްރޫއުގައި ސޮއިކޮށްފައި ވަނީ އާދިއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެގޮތުން މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހުގެ އިތުރުން ޕްލޭނިންގ މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެފައިވެ އެވެ.

ޑިސައިން އެންޑް ބިލްޑްގެ އުސޫލުން ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާ 15 ރަށް :

  • އއ. ފެރިދޫގެ ފެނާއި ނަރުދަމާ 69.3 މިލިއަން ރުފިޔާ
  • އއ. ހިމަންދޫގެ ފެނާއި ނަރުދަމާ 65.8 މިލިއަން ރުފިޔާ
  • ބ. ކަމަދޫގެ ފެނާއި ނަރުދަމާ 56.6 މިލިއަން ރުފިޔާ
  • ބ. މާޅޮހުގެ ފެނާއި ނަރުދަމާ 60.4 މިލިއަން ރުފިޔާ
  • ހއ. މާރަންދޫގެ ފެނާއި ނަރުދަމާ 72.8 މިލިއަން ރުފިޔާ
  • ހއ. ތަކަންދޫ ފެނާއި ނަރުދަމާ 76.7 މިލިއަން ރުފިޔާ
  • ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ 78.9 މިލިއަން ރުފިޔާ
  • ހއ. ހިރިމަރަދޫ ފެނާއި ނަރުދަމާ 69.1 މިލިއަން ރުފިޔާ
  • ހދ. ކުމުންދޫ ފެނާއި ނަރުދަމާ 102.7 މިލިއަން ރުފިޔާ
  • ށ. ގޮއެދޫގެ ފެނާއި ނަރުދަމާ 86.04 މިލިއަން ރުފިޔާ
  • ނ. މާފަރުގެ ފެނާއި ނަރުދަމާ 94.4 މިލިއަން ރުފިޔާ
  • ނ. ފޮއްދޫގެ ފެނާއި ނަރުދަމާ 58.1 މިލިއަން ރުފިޔާ
  • ރ. ފައިނުގެ ފެނާއި ނަރުދަމާ 63.3 މިލިއަން ރުފިޔާ
  • ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ 80.08 މިލިއަން ރުފިޔާ
  • އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ 45.1 މިލިއަން ރުފިޔާ

މީގެ އިތުރުން 5 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމު ކުރަން ހަމަޖެހިފައިވާއިރު އެރައްތަކަކީ:

  1. އއ. މަތިވެރީގެ ފެނުގެ ނިޒާމު 38.8 މިލިއަން ރުފިޔާ
  2. ހއ. މުރައިދޫ ފެނުގެ ނިޒާމު 46.8 މިލިއަން ރުފިޔާ
  3. ށ. ފީވަކުގެ ފެނުގެ ނިޒާމު 49.6 މިލިއަން ރުފިޔާ
  4. ނ. ހެނބަދޫގެ ފެނުގެ ނިޒާމު 41.3 މިލިއަން ރުފިޔާ
  5. ރ. އިންނަމައިދޫގެ ފެނުގެ ނިޒާމު 50.7 މިލިއަން ރުފިޔާ

މި މަޝްރޫއު ތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާއިރު މިއީ ޑިފާޑް ޕޭމެންޓްގެ އުސޫލުން 4 އަހަރު ދުވަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީ އަށް ފައިސާ ދައްކާ ގޮތަށް މަސައްކަތް ފެށުމަށް ހަވާލު ކުރެވިފައިވާ ޕްރޮޖެކްޓް ތަކެކެވެ. އަދި މި މަޝްރޫއުތަކަކީ 2019 އަދި 2020 ވަނަ އަހަރުގެ ބަޖެޓު ކުރެވި ޑިޒައިންގެ މަސައްކަތްތައް ނިމި އަދި މިހާރު އީއައިއޭ ގެ މަސައްކަތްތައް ކުރިޔައްދާ ޕްރޮޖެކްޓް ތަކެވެ. މިހުރިހާ ރަށެއްގެ މަސައްކަތްތައްވެސް ނިންމަން ދީފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީން މި މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެގޮތަކަށެވެ. އެއްގޮތަކީ ކޮންމެ ރަށަކުންވެސް އެރަށެއްގެ ލޯކަލް ކޮންސްޓްރަކްޓަރުންނާއި ހަވާލު ކޮށްގެން އެމަސައްކަތް ކުރިޔަށް ގެންދިޔުމެވެ. ނުވަތަ ދެވަނަ ގޮތަކީ އެކުންފުނީގެ ސްޓާފުން ޓްރެއިންކޮށް އެމުވައްޒަފުންގެ ދަށުން ކޮންމެ ރަށަކުން ވިއްސަކަށް ސްޓާފުން ނަގައިގެން މަސައްކަތް ކުރިޔައް ގެންދިޔުން ކަމަށް ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ކޮންމެ ރަށަކަށް ދެ ސްޓާފުން ޓްރެއިން ކޮށްފަ އެ ޓްރައެނިންގ ކުރި ދެ ސްޓާފުގެ ބެލުމުގެ ދަށުން، އަޅުގަނޑުމެން އެރަށަކުން ނަގާނީ ގާތްގަނޑަކަށް ވިއްސަކައް މުވައްޒަފުން ދުވަހު މުސާރަޔަށް ނަގާފަ އެ މުވައްޒަފުން ލައްވާ މަސައްކަތް ކުރުމަކީވެސް އަޅުގަނޑުމެންގެ ވިސްނުމެއް
އެމްޑަބްލިއުއެސްސީގެ މެނެގިންގ ޑައިރެކްޓަރ ހަސަން ޝާހު

މި މަޝްރޫއު ތަކުގެ އިތުރުން އިތުރު ހަތަރު ރަށެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ފެނާއި ނަރުދަމާ ގާއިމު ކުރަން ހަމަޖެހިފައި ވާކަމަށާއި ނަމަވެސް އަދި މި ރައްރަށުގެ ޑިޒައިން ކުރުމުގެ މަސައްކަތާއި އީއައިއޭގެ މަސައްކަތްތައް އަދި ކުރިޔަށް ގެންގޮސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ފެނާއި ނަރުދަމާ ގާއިމު ކުރަން ހަމަޖެހިފައިވަނީ ގދ. ވާދޫ، ގދ. ފިޔޮރީ ، ބ. ކެންދޫ އަދި ބ. ދަރަވަންދޫގައެވެ. މިރައްރަށުގެ ޕްރޮޖެކްޓް ތަކަށް ޖުމްލަކޮށް 216.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި މި ޕްރޮޖެކްޓްތައް ނިންމަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
67%
0%
33%
0%
0%
ކޮމެންޓް