ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 12:39
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން
ގޫގުލް
އެސްޓީއޯ
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
މިދިޔަ އަހަރު ހިއްސާއަކަށް 57 ރުފިޔާ ވަނީ ބަހާފަ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އަށް ނިމިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 51 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނިން ނިންމައިފިއެވެ.

 

މިގޮތަށް ނިންމީ އެކުންފުނީގެ ޑިރެކްޓަރުންގެ ބައްދަލުވުމުގައެވެ.

 

އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެވޭނީ، އަދި މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ހިއްސާގެ ފައިދާ ލިބޭނީ، މިހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން، ހިއްސާގެ މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

 

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަ މެއި މަހު ބޭއްވުމަށް ނިންމާފައިވާއިރު  އާންމު ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި އެސްޓީއޯ އިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ވަނަ އަހަރު އެސްޓީއޯ އަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.5 މިލިޔަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 30 އިސްސައްތަ ދަށް އަދަދެކެވެ.

 

މިދިޔަ އަހަރު އެސްޓީއޯގެ ހިއްސާއަކަށް 57 ރުފިޔާ ވަނީ ބަހައިފައެވެ.

 

- ކޮމެންޓް