ކ. މާލެ
|
24 އޭޕްރިލް 2017 | ހޯމަ 08:50
މާލެ ލީގުގައި ޔޫވީއިން ކުޅުނު މެޗެއްގެ ތެރެއިން
މާލެ ލީގުގައި ޔޫވީއިން ކުޅުނު މެޗެއްގެ ތެރެއިން
ރާއްޖެ އެމްވީ
މާލޭ ލީގު
އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި
މިއީ މިފަހަރުގެ ލީގުގައި ޔޫވީ ހޯދި ފުރަތަމަ މޮޅު
ޔޫވީއިން ވަނީ 3 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައަށް އަރައިފަ

އެސްޓީއޯ މާލެ ލީގުގައި ޔުނައިޓެޑް ވިކްޓްރީއިން ވެލެންސިއާ ބަލިކޮށް، އެޓީމުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 

 

އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗް ޔޫވީ އިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ލީގުގައި ޔުވީ ހޯދި ފުރަތަމަ މޮޅެވެ. ސީޒަނުގެ ކުރީކޮޅުގައި ޔޫވީއަށް މާ އެދެވޭ ނަތީޖާތަކެށް ނެރެވިފައި ނެތް ނަމަވެސް އެޓީމުން މި ވަނީ އާ ކޯޗު ނަޒީހު އާއި އެކު ގަދަ 4 ގެ އުންމީދު އާކޮއްފަ އެވެ.

 

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔޫވީއިން ކާމިޔާބުކޮއްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޒުވާން ކުޅުންތެރިޔާ ނާވި މުހަންމަދު އެވެ. ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ ޒިވްކޮވިޗް ޓިހޯމިރް އޭރިއާގެ ތެރެއިން ހުރަސްކޮއްލި ބޯޅަ ނާވީ ގޯލުގެ ތެރެއަށް ފޮނުވާނީ ވެލެންސިއާގެ ކީޕަރު ފައިސަލްގެ އަތް ދަށުންނެވެ.

 

މި ލަނޑަށް ފަހުގައިވެސް ޔޫވީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެށް ލިބި ބޭކާރު ވެފައެވެ. އެގޮތުން ޔޫވީ ގެ ބިދޭސީ ފޯވާޑަށް ލިބި ބޭކާރުވި ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

 

މި މެޗުން ހޯދި މޮޅާއެކު ޔޫވީއިން ވަނި ތާވަލުގެ 6 ވަނައަށް ޖެހިލާފައެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމަށްވެސް ކުރިއަށް އަދި ދެ މެޗު އެބަ އޮތެވެ. ނަމަވެސް ޔޫވީ އަތުން ބަލިވެ ވެލެންސިއާއަށް ވަނީ ގަދަ 4 އަށް އެރުމަށްޓަކާ ކުރަމުން އަންނަ އުންމީދަށް ފަނޑުކަމެށް އައިސްފައެވެ. ލީގުގައި މި ދެޓީމުވެސް 5 މެޗު ކުޅެފައި ވާއިރު މެޗުން ބަލިވި ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެވެސް އެންމެ ފުލުގައެވެ. ލީގުގައި ފުރަތަމަ ފަހަރަށް ހޯދި މޮޅާއެކު ޔުވީ އޮތީ 3 ޕޮއިންޓާއެކު ތާވަލުގެ 6 ވަނަ މަގާމުގައެވެ.

- ކޮމެންޓް