ފަގީރު ގައުމުތަކަށް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް 2.7 ބިލިއަން ރުފިޔާ ކަށަވަރުކުރެވިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ގާވީ ވެކްސިން ގްރޫޕް ގުޅިގެންނެވެ.
މިހާތަނަށް 2 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވީ ނަމަވެސް، އެ ފަރާތްތަކުން ބުނަނީ އަދިވެސް އިތުރު މާލީ އެހީ ބޭނުންވާނެ ކަމަށެވެ. ގާވީ އެލާޔަންސްއިން ބުނި ގޮތުގައި މި ފަންޑުތަކުގެ ސަބަބުން 92 ގައުމަކަށް ވެކްސިންގެ އެއް ބިލިއަން ޑޯޒް ގަތުމަށް އެހީތެރިވެދޭނެއެވެ.
ފަގީރު ގައުމުތަކަށް ވެކްސިން ލިބޭނެ ކަން ކަށަވަރު ކުރުމަށްޓަކައި މާލީ އެހީ ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ގޭޓްސް ފައުންޑޭޝަން ހިމެނެއެވެ. އެ ފައުންޑޭޝަނުން ވަނީ ދާދި ފަހުން 70 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
