ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 22:52
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު ޕޮޒިޓިވްވީ 29 މީހުން
ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިން
22 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުން
ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،059 އަށް އަރާފައި

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ބުދަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 12 ބިދޭސީންނެވެ.

އޭގެ ތެރެއިން 22 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އަދި ރިސޯޓްތައް ހިމެނޭ ގޮތަށް އަތޮޅުތެރެއިން ޕޮޓިޓިވްވެފައިވަނީ ހަތް މީހެކެވެ.

އެއާއި އެކު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،059 އަށް އަރާފަ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ބުދަ ދުވަހު ވަނީ 1176 ސާމްޕަލްއެއް ޓެސްޓްކޮށްފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 812 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،199 އަށް އަރާފައެވެ.

އައިސޮލޭޝަން ފެސިލީޓީސް ތަކުގައި މިވަގުތު 222 މީހުން ތިބިއިރު 49 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން މައުލޫމަތު ދެއެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 41 މީހެކެވެ.

- ކޮމެންޓް