ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 08:55
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ރައީސް ސޯލިހު
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ރައީސް ސޯލިހު
ޓްވިޓަރ
ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ
އަލީ ވަހީދު މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ހުދު އޭނާވެސް ގަބޫލުކުރައްވާނެ: ރައީސް
 
އަލީ ވަހީދު މައްސަލަ އާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވޭ
 
އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރީ ޖިންސީ ގޯނާގެ މައްސަލަ އެއް ފެންމަތި ވުމުން
 
ވަކިކުރަން ނިންމުމަކީ ނެގުނު ރަނގަޅު "ޑިޒިޝަނެއް"

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ހުދު އޭނާވެސް ގަބޫލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކުރެއްވުމަކީ ނެގުނު ރަނގަޅު ނިންމުމެއްކަމަށާއި އެކަން ހުދު އޭނާ އަމިއްލަފުޅަށްވެސް ގަބޫލުކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ މައުލޫމާތުތައް ލިބުމާއިއެކު، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މައްސަލައިގެ ބާވަތުން އަވަހަށް އަމަލުކޮށް، ނިންމުންތައް ނިންމިކަމަށެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރަަކަމުން ވަކި ކޮށްފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. އެކަންތައްތައް ތަހައްމަލު ނުކުރެެވިގެން އެވާހަކަ ރައީސް ސޯލިހުއާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ ހަގީގަތް ފަހުން ހާމަވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ މިހާރު އޮތީ ދައުވާ ކުރުމުގެ މަރުހަލާގައެވެ. ނަމަވެސް ދައުވާ ކުރުމުގެ ކުރިން ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވޭތޯ އާއި އިޖުރާއަތު ފުރިހަމަ ވޭތޯ ބެލުމަށްފަހު، ދައުވާ ކުރުމަކީ ޕީޖީއަށް ލިބިގެންވާ ބާރެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އަލީ ވަހީދު މައްސަލަ އާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
30%
10%
0%
ކޮމެންޓް