ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 09:08
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ބޯހިޔާވެހިކަމުގެ ވައުދު
ޑިސެމްބަރުގައި 3000 ފްލެޓްގެ ބިންގާ އެޅިގެންދާނެ: ރައީސް
 
އެންމެ ދެރަވާ އެއްކަމަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް އެންމެ އެދެވިގެންވާ ސްޕީޑެއްގައި ކުރިޔަށް ނުދިޔުން
 
މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާއެއް ދިރިއުޅެމުންދާއިރު މިސަރުކާރު ނިމޭއިރު، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނަން
 
އަންނަ 2021 ވަނަ އަހަރުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް ހިންގާނަން

ޑިސެމްބަރު މަހުގައި 3000 ފްލެޓްގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ދެއަހަރު ދުވަހު ކުރެވުނު މަސައްކަތްތަކުން އެންމެ ދެރަވާ އެއްކަމަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ އެދެވިގެންވާ ސްޕީޑެއްގައި ކުރިޔަށް ނުދިޔުން ކަމަށެވެ. ނަމަވެސް ފެށިގެން އަންނަ 2021 ވަނަ އަހަރުގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެގޮތުން ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިއުލާން ކޮށްފައިވާއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނައުން އެމްޑީޕީގެ އެޖެންޑާ-19 ގައި މުހިންމު ސިޔާސަތުތަކެއް ގޮތުގައި ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާއެއް ދިރިއުޅެމުންދާއިރު މިސަރުކާރު ނިމޭއިރު، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެޖެންޑާ 19ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ގޯތިގެދޮރު ލިބިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
50%
0%
17%
ކޮމެންޓް