ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 08:45
ރައީސް ސޯލިހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރައީސް ސޯލިހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޖުމްހުރީ ދުވަސް
ކޯލިޝަން ސަރުކާރެއް ހިންގުމަކީ ދަތިކަމެއް ނޫން، ލީޑަރުންނާ މަޝްވަރާކުރަން: ރައީސް ސޯލިހު
 
4 މިނިސްޓަރެއް އެކި ސަބަބުތަކާއި ހުރެ ބަދަލުކުރިނަމަވެސް އެ ހުރިހާ ކަމެއް ކޮއްފައިވަނީވެސް ލީޑަރުންނާއި މަޝްވަރާކުރައްވައި ހިޔާލު ހޯދުމަށް ފަހު
 
ކޯލިޝަނެއް ގޮވައިން ކުރިޔަށް ގެންދިއުމަކީ އެހާ ދަތިކަމެއް ނޫން
 
ކޯލިޝަން ލީޑަރުންނާއި އަމިއްލަފުޅައް އިސްނަންގަވައި މަޝްވަރާކުރަން

ސިޔާސީ ޕާޓީތަކުގެ މެދުގައި ހެދިފައި އޮތް ކޯލިޝަން ދެމިއޮންނާނެކަމަށާއި ލީޑަރުންނާއި ފޯނުން ގުޅުއްވައި މިހާރުވެސް ބަރާބަރަށް މަޝްވަރާކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޯލިޝަންގެ ބައްދަލުވުންތައް ކުރިއެކޭ އެއްގޮތަށް ނުބޭއްވެނީ ޝެޑިއުލްތައް ދިމާނުވާތީކަމަށާއި ނަމަވެސް ކުރައްވާ ހުރިހާ ކަމެއް ކުރައްވަނީ ކޯލިޝަންގެ ލީޑަރުންގެ މަޝްވަރާއާއި އެކުގައި ކަމަށެވެ. އެގޮތުން، ވަކިވަކިން ލީޑަރުންނާއި ފޯނުން ގުޅުއްވައި މުހިންމު ކަންތައްތަކުގައި މަޝްވަރާކުރައްވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި، އަމިއްލަފުޅަށްވެސް ކަންކަމުގައި އިސްނަންގަވައު މަޝްވަރާކުރެއްވުމަށް ގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރޮގުރާމްގައި ރައީސް ވަނީ ތަކުރާރުކޮށް، ކޯލިޝަން ދެމިއޮންނާނެ ކަމަށާއި ހުރިހާ ލީޑަރުންނާއި އެކުގައި އޮތް ގުޅުންވެސް ރަނގަޅުކަމަށް ވިދާޅުވެފައެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކޯލިޝަންގެ މެދުގައި ހެދިފައި އޮތް އެގްރީމަންޓަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ، 4 މިނިސްޓަރެއް އެކި ސަބަބުތަކާއި ހުރެ ބަދަލުކުރިނަމަވެސް އެ ހުރިހާ ކަމެއް ކޮއްފައިވަނީވެސް ލީޑަރުންނާއި މަޝްވަރާކުރައްވައި ހިޔާލު ހޯދުމަށް ފަހުގައި ކަމަށެވެ. އަދި ވަކި ޕާޓީއެއް ބާކީކޮއްލުމުގެ ބޭނުމުގައި އެއްވެސް މަސައްކަތްތެއް ކޮށްފައިނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ، ކޯލިޝަނެއް ގޮވައިން ކުރިޔަށް ގެންދިއުމަކީ އެހާ ދަތިކަމެއް ނޫންކަމަށާއި އެއްބަސްވުމެއް އެބައޮތްކަމަށް ޕްރޮގްރާމްގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
0%
25%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި