ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 00:36
ރާއްޖެއިން އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ބަދަހިކޮށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއިން އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ބަދަހިކޮށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހާރިޖީ ވުޒާރާ
އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ގާއިމުކުރުން
ރާއްޖެއިން އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ގާއިމް ކޮށްފި
 
އަންގޯލާއަކީ 32.5 މިލިއަން މީހުންގެ އާބާދީގެ ގައުމެއް
 
ރާއްޖެއިން މިހާތަނަށް 173 ގައުމަކާއިއެކު ވަނީ ޑިޕްލޮމޭޓިކް ގުޅުން ގާއިމުކޮށްފައި
 
ބޭރު ގައުމުތަކާއިއެކު ގުޅުން ބަދަހި ކުރުމަކީ ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތެއް

ރާއްޖެއިން ދެކުނު އެފްރިކާގެ ގައުމެއް ކަމުގައިވާ އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ބަދަހިކޮށްފިއެވެ.

އަންގޯލާއާއިއެކު ޑިޕްލިމޭޓިކް ގުޅުން ބަދަހިކުރުމަށްފަހު ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސްއަށް ރާއްޖެއިން ކަނޑައަޅާފައިވާ ޕާމިނެންޓް ރެޕްރިސެންޓޭޓިވް ތިލްމީޒާ ހުސެއިންނެވެ. އަންގޯލާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އަންގޯލާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ޕާމިނެންޓް ރެޕްރިސެންޓޭޓިވް މާރިއާ ޑި ޖީސޫސް ޑޮސް ރީސް ފެރޭރާ އެވެ.

ރައީސް ސޯލިހު ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން އަންގާރަ ދުވަހު ބަދަހިކުރިއިރު، ރައީސް ސޯލިހުގެ ސަރުކާރުން އަންނަނީ ގައުމުތަކާއިއެކު ބާއްވަމުން އަންނަ ޑިޕްލޮމޭޓިކް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ރާއްޖެއިން ގާއިމުކުރުމާއިއެކު ރާއްޖެއިން މިހާތަނަށް 173 ގައުމަކާއިއެކު ވަނީ ޑިޕްލޮމޭޓިކް ގުޅުން ގާއިމުކޮށްފައެވެ.

އަންގޯލާއަކީ 32.5 މީހުންގެ މީހުންގެ އާބާދީގެ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
25%
25%
0%
ކޮމެންޓް
11 ނޮވެންބަރ 2020 | ބުދަ 01:10
ރޯނުއެތުރު
32.5 ސާބަސް!