ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:33
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ރާއްޖެއެމްވީ
ރައީސް ސޯލިހުގެ ސަރުކާރަށް 2 އަހަރު
ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގަން ޖެހޭ: މިނިސްޓަރު މަލީހު
 
މުއައްޒަފުންނަށް ކޮންމެ ތަނެއްގައި ތިބެގެންވެސް މަސައްކަތްތައް ކުރެވެން ޖެހޭ
 
ރާއްޖޭއަށް ވަރުގަދަ ޑޭޓާ ސެންޓަރއެއް އަންނަން ޖެހޭ
 
ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ނުހިފާނަމަ ގައުމުދާނީ ވަރަށް ފަހަތަށް

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މުޅި ސަރުކާރު ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ދެއްވި ޚާއްސަ އިންޓަވިއުގައި މިނިސްޓަރު މަލީހު ވިދާޅުވީ މިއީ ޓެކްނޮލޮޖީގެ ޒަމާން ކަމަށާއި، ހުރިހާ ކަމެއް ބަރޯސާވަނީ ޓެކްނޮލޮޖީއަށް ކަމަށެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ނުހިފާނަމަ ގައުމުދާނީ ވަރަށް ފަހަތަށްކަން ފާހަގަކުރައްވައި މިނިސްޓަރު މަލީހު ވިދާޅުވީ އަދިވެސް ސަރުކާރުގެ ޕްއޮރިޓީ ލިސްޓަށް މިހާރަށް ވުރެ މާބޮޑަށް ޓެކްނޮލޮޖީގެ ކަންކަން ކުރިއަށް ޖައްސަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އެއް މުއައްސަސާއާ އަނެއް މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި، އެކަނި ކަންކަން ކުރުމުގެ ސަގާފަތް ދޫކޮށް ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މުޅި ނިޒާމު ޑިޖިޓަލައިޒް ކުރެވި، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މުޅި ސަރުކާރު ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭއަށް ވަރުގަދަ ޑޭޓާ ސެންޓަރއެއް އަންނަން ޖެހޭ ކަމަށާއި ރާއްޖޭގެ ޓެކްނޮލޮޖީގެ އިންސްފްރާސްޓަކްޗަރ މިހާރަށްވުރެ ވަރުގަދަވާން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ކޮންމެ މުއައްޒަފަކީ ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތް ކުރެވޭ މުއައްޒަފަކަށްވާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށްޓަކައި އަޅުގަނޑުމެން މިއަދު މައިކްރޯސްސޮފްޓަރ ވާހަކަ ދައްކަނީ. މައިކްރޯސް365 މުޅި ސަރުކާރު ރޯލްއޯލް ކުރުމަށްޓަކައި. އޭގެ ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވި ސަރުކާރަށް ބޭނުންވާ އާރޓިކްޗަރ މިވަނީ ލިބިފައި. އަޅުގަނޑުމެން ވަރަށް އަވަހަށް އިކޮނޮމިކް ކައުންސިލުން މިކަން ނިންމާ މިދެންނެވި ޕްރޮޖެކްޓް ކުރިއަށް ގެންދާނަން.
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

ދާއިރާގައި މަސައްކަތްތެރިންނަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ދެވޭ މުސާރައާއި އިންޑަސްޓްރީގެ އަގާއި ވަރަށް ނުބައްދަލު ކަމަށެވެ. އެހެންކަމުން މާލެނައިސް އެމީހަކު ހުރިތަނެއްގައި ހުރެގެން މަސައްކަތް ކުރެވޭ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އެއްވިސްނުމަކީ ރަނގަޅު ޕްރޮޖެކްޓް މެނޭޖަރސް އަޅުގަނޑުމެންލާފަ މީހާވެސް ގިނަ ބައިތަކެއް އައުޓްސޯސް ކުރުން. އަދި ބައެއް ކޮންޕަނަންޓް އިންސޯސް ކުރުމުގެ ވިސްނުމެއް މިހުރީ. ވިސްނުން ހުރީ މިދެންނެވި ދާއިރާގައި މަސައްކަތް ކުރާ ކުއްޖެއް ކަމުގައިވާނަމަ ކޮންމެހެން މާލެއައިސް އަޅުގަނޑުމެން އޮފީގައި މަސައްކަތް ކުރާކަށް ނުޖެހޭ. އެކުއްޖަކު ދިރިއުޅޭ ރަށެއްގައި މާލޭގެ މުސާރަ ލިބިގެން މަސައްކަތް ކުރެވޭ ނިޒާމު އަޅުގަނޑުމެން އެބަ ހަމަޖައްސަން.
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަފްސީލް ކޮށްދެއްވައި މިނިސްޓަރު މަލީހު ވިދާޅުވީ ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅާއެކު ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ އަތޮޅެއްގެ ވަރުގަދަ ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހެލްޕް ހެލްޕް ޑެސްކް ވެސް އަތޮޅު ތެރޭއަށް ބަދަލު ކުރުމުގެ ވިސްނުންހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިބަދަލުތަކާއިކު ހަގީގީ ތަރައްގީ ހާސިލްވެގެންދާނެ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
11 ނޮވެންބަރ 2020 | ބުދަ 15:36
އިލެކް
ފިނިހަކު ސްޕީޑު ގަ އިންޓަނެޓު ދުނިޔޭގަ ނެއްވަރައް އަގު ބޮޑު ގައުމެއްގަ ޑިޖިޓަލް ކޮނެއްވެސް ނޫން ގައުމުހިންގޭނީކީ ލަދެއްވެސްނުގަނޭ ދޯ ހަމަ އެއްޗެކޭ ބުނާްއިރު
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި