ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 23:51
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް
އެމްޑަބްލިއުއެސްސީ ކުރިޔަށްދަނީ ސަރުކާރުގެ ވަރަށް ބޮޑު އެހީ އެއް ލިބިގެން: ޝާހު
 
އެމްޑަބްލިއުއެސްސީން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް
 
ޝާހު ވަނީ ކޮވިޑްގެ ހާލަތުގައި ފިނޭންސް މިނިސްޓްރީއިން ވެދިން އެހީ ފާހަގަކޮށްފައި

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ކަހަލަ ކުންފުނިތައް ނުހުއްޓި ކުރިޔަށްދަނީ ސަރުކާރުގެ ވަރަށް ބޮޑު އެހީއެއް ލިބިގެން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމުގައި ޝާހު ވިދާޅުވީ ކޮވިޑް-19 ގެ ހައްސާސީ ދަނޑިވަޅު ވެސް އެމްޑަބްލިއުއެސްސީ ކަހަލަ ކުންފުނިތައް ނުހުއްޓި ކުރިޔަށްދިޔައީ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. ހާއްސަކޮށް މި ދަނޑިވަޅު ކުންފުނިތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ހޯދުމުގައި ދިމާވި ދަތިތައް ކަމަށެވެ. އެކަމަކު ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ޑޮލަރު ހޯދުމުގައި ފަސޭހަތަކެއް ލިބިގެން ދިޔަކަމަށް ޝާހު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެން އައީ. ހާއްސަކޮށް ޑޮލަރު ހޯދުމުގައި ދިމާވި ދަތިތައް ހައްލުކޮށްދީ ފިނޭންސް މިނިސްޓްރީއިން ވަރަށް ބޮޑު އެހީއެއް ލިބުނު
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ޝާހު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ އެމްޑަބްލިއުއެސްސީއިން ހާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި، އެގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ޝާހު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެކުލަވާލި ފެނާއި ނަރުދަމާގެ ގާނޫނުން އެމްޑަބްލިއުއެސްސީއިން ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެހެންކަމުން މިހާރު އެ ކުންފުނިން ކުރަމުން އަންނަ ކަމަކީ އެ ގާނޫނާއި އެއްގޮތައް ޕްރޮޖެކްޓްތައް ގެންދެވޭނެ އެންމެ ފަސޭހަ ގޮތް ހޯދުން ކަމަށް ޝާހު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވަނީ ފެނާއި ނަރުދަމާގެ ޤާނޫނު ގެ ދަށުން ތައްޔާރުކުރަން ޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން ބުދަ ދުވަހު އިފްތިތާޙްކޮށްފައެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނަކީ މި ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފިގެންދާނެ ޕްލޭނެކެވެ. މި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިކަމާ ގުޅުންހުރި ވުޒާރާތަކާއި ކުންފުނިތަކާއި އޮފީސްތަކާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް