ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:24
ސީއޭ މޯލްޑިވްސްގެ އިންތިޤާލީ ރައީސް، އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު
ސީއޭ މޯލްޑިވްސްގެ އިންތިޤާލީ ރައީސް، އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު
ގޫގުލް
އެކައުންޓެންޓުންގެ ދުވަސް
އެކައުންޓެންޓުންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނައުމުގެ އަމަލީ މަސަކަތް މިހާރު ވަނީ ފަށާފައި: ޒިޔަތު
 
މައުލޫމާތު ހިއްސާކުރުމުގެ ވެބްނަރތައް ކުރިއަށް ގެންގޮސްފައިވޭ
 
ދެފުށްފެންނަ ނިޒާމެއް އެކުލަވާލުމުގައި ވެސް އެކައުންޓެންޓުންގެ ދައުރު ވަރަށް ބޮޑު
 
ގައުމުގެ ވިޔަފާރިއާއި އިގުތިސޯދުގައި އެކައުންޓެންޓުންގެ ދައުރުގެ މުހިންމު

ރާއްޖޭގެ އެކައުންޓެންޓުންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ އިންތިޤާލީ ރައީސް، އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވީ ބައިނަލް އަގުވާމީ އެކައުންޓެންޓުންގެ ދުވަހާ ގުޅިގެން ދެއްވި ޚިތޯބުގައެވެ.

ޒިޔަތުގެ ޚިތާބުގައި ގައުމުގެ ވިޔަފާރިއާއި އިގުތިސޯދުގައި އެކައުންޓެންޓުންގެ ދައުރުގެ މުހިންމުކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ހެޔޮ ހިންގުމާއި ދެފުށްފެންނަ ނިޒާމެއް އެކުލަވާލުމުގައި އެކައުންޓެންޓުންގެ ދައުރުގެ މުހިންމުކަން ހަނދާން ނައްތާނުލުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ސެޕްޓެމްބަރު 2020 ގައި ތަސްދީގުކުރެވުނު އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް ގެ ގާނޫނުން އުފެދުނު މި އިންސްޓްޓިއުޓް ގެ ސަބަބުން ރާއްޖޭގެ އެކައުންޓެންޓުންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެކައުންޓެންޓުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަ ކުރާ ނޮވެމްބަރު 10 ވަނަ ދުވަހާއި ދިމާކޮށް މަތީ ޘާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއަރ ގައިޑެންސް ވެބިނާރއެއް ވެސް އަންގާރަ ދުވަހުގެ ހަވީރު ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އަދި އިނގިރޭސިވިލާތުގެ ފައިނޭންޝިއަލް ރިޕޯޓިންގ ކައުންސިލް (އެފް.އާރް.ސީ - ޔޫކޭ) ގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ މި ދާއިރާގައި ފުންނާބު އުސް ބޭފުޅުން މެދުވެރިކޮށް ވެސް އަންގާރަ ދުވަހުގެ ރޭ ވެބިނަރއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިވެބިނަރއަކީ މިދާއިރާގައި މަސައްކަތް ކުރައްވާ ޕްރޮފެޝަނަލް ބޭފުޅުންނަށް އަމާޒުކޮށްގެން "ފިއުޗަރ ރެޑީ އެކައުންޓެންޓުން" ގެ ނަމުގައި ދުނިޔޭގެ ވިޔަފާރިއާއި އިގުތިސޯދަށް އަންނަމުންދާ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ތެރެއިން އެކައުންޓެންޓުންނަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާއި، އެކައުންޓެންޓުންގެ ހިއްސާއާއި ދައުރު އިތުރު ކުރުމާއި ބެހޭގޮތުން މައުލޫމާތު ބަދަލުކުރުމަށް ބޭއްވިގެން ދިޔަ ވެބިނަރއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް