ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:11
އެސްޓީއޯ ހިންގުމަށް މީގެ ކުރިން އެތައް ހަރަދެއް ބޭކާރު ގޮތުގައި ކުރެވުނު
އެސްޓީއޯ ހިންގުމަށް މީގެ ކުރިން އެތައް ހަރަދެއް ބޭކާރު ގޮތުގައި ކުރެވުނު
ރާއްޖެއެމްވީ
އެސްޓީއޯ ހިންގުމުގެ ހަރަދު ކުޑަކުރުން
އެސްޓީއޯގެ ހިންގުމުގެ ހަރަދު ކުޑަކޮށްފިން، ފައިދާވާތަން ރައްޔިތުންނަށް ފެންނާނެ: އަމްރު
 
އެސްޓީއޯ ހިންގުމަށް މީގެ ކުރިން އެތައް ހަރަދެއް ބޭކާރު ގޮތުގައި ކުރެވުނު
 
އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެސްޓީއޯގެ ބިޑިން ޕްރޮސެސްއަށް ގެނެވުނު ބަދަލު
 
ރާއްޖެއިން ބޭރުން އެތެރެކުރާ މުދާ އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރެވެމުންދޭ

އެސްޓީއޯގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ސަތޭކަ ޕަސެންޓް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖެޓީވީން ގެނެސްދޭ ޚާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ، 2019 ވަނަ އަހަރަކީ އެސްޓީއޯއަށް ސަތޭކަ ޕަސެންޓް ފައިދާ ލިބިގެންދިޔަ އަހަރެއް ކަމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލުވުމަށް 2020 ވަނަ އަހަރުވެސް މަސައްކަތްތައް ފެށި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ އަޑިއަޅާލުމެއް އައިސްފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ އިތުރުން ރާއްޖެއިން ބޭރުން އެތެރެކުރާ މުދާ އަގުހެޔޮކޮށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެސްޓީއޯގެ ބިޑިން ޕްރޮސެސްއަށް ގެނެވުނު ބަދަލު ކަމަށެވެ.

އަޅުގަނޑުމެން އެއްޗެއް ގަންނަން ބޭނުން ކަމަށް ވާނަމަ، މިސާލަކަށް ދަގަނޑު، ހިލަވެލި، ނުވަތަ އެނޫންވެސް އެހެން އެއްޗެއް. ކުރިން ވާގޮތަކީ އަގު ހޯދަން ހުޅުވާލަނީ. އޭރު ވާގޮތަކީ އެކި މީހުން އެކި ގަޑީގައި އަގު ހުށަހަޅާއިރު އެންމެނަށްވެސް އަނެއް މީހާގެ އަގު އެނގޭ. އެހެންވީމަ އަސްލު ކޮމްޕެޓިޓިވް ރޭޓެއް ލިބުމުގައި އެބައުޅޭ ކޮންމެވެސް ވަރެއްގެ އުނދަގޫތައް
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު

އަމްރު ވިދާޅުވީ، ބިޑިން ޕްރޮސެސް އަށް ގެނައި ބަދަލަކީ އޮންލައިންކޮށް ބިޑު ހުޅުވާލުމަށްފަހު ވަގުތު ހަމަވުމުން އިތުރު އެއްވެސް މީހަކަށް އެއަށް އެކްސެސް ނުވެވޭނެ ކަމަށާއި، އެއަށްފަހު ހުށަހަޅާފައި ހުންނަ އަގުތަކަށް ބެލުމަށްފަހު މުދާ ގެނައުމުގައި ކުރިއަށްވުރެ އެތައް ތަނެއް އަގު ހެޔޮވެގެންދާ ކަމަށެވެ. އަދި މިގޮތަށް ހެދުމުން ކުންފުންޏަށް އެތައް ތަނެއް ފައިދާ ވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯ ހިންގުމަށް މީގެ ކުރިން އެތައް ހަރަދެއް ބޭކާރު ގޮތުގައި ކުރެވުނު ކަމަށާއި ނަމަވެސް ޑިޖިޓަލައިޒްކޮށް ކުންފުނި ހިންގަން ފެށުމުން އިދާރީ ގޮތުން ކުރަމުންދިޔަ އެތައް ހަރަދެއް މިއަދު ފައިދާގެ ގޮތުގައި ފެންނަމުންދާ ކަމަަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
11 ނޮވެންބަރ 2020 | ބުދަ 07:56
ޙަންމަދު
މީ ހަމަ ބުނެލާ ބަހެއް. އެމްޑީން ބުނާ ފައިދާ އޭ ޚަރަދު ކުޑަ ކުރެވުނޭ ބުނަންޖެހޭނީ ހިސާބު އަކުރުން. ޕަސެންޓުން. ޜުފިޔާއިން. ގައިމުވެސް އެމް.ޑީ.ޕީ. ގެ އެކްޓިވިސްޓުން ބުނާ ގޮތަށް މުވައްޒަފުންނަށް ހަދާ. ޥަކިކުރުމާ ބަދަލު ކުރުމާ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުން ފޯރީގައި ހިފައިފި. ޢަދި ވޯޓްލާ ދުވަސް ކައިރި ވުމުން ވަރަށް ގަދައަށް ކުރިޔަށްދާނެ