ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 22:54
އާރްއާރް ޓީމަކުން ކޮވިޑު ބަލި މީހަކު އުފުލުމުގައި ހަރަކާތްތެރި ވަނީ
އާރްއާރް ޓީމަކުން ކޮވިޑު ބަލި މީހަކު އުފުލުމުގައި ހަރަކާތްތެރި ވަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި 24 ގަޑިއިރު ކޮވިޑަށް ޓެސްޓްކުރި 1492 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 1.4 އިންސައްތަ
 
މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތައް ހުރީ 800 ގައި، ހޮސްޕިޓަލުގައި ފަރުވާދެނީ 47 މީހަކަށް
 
ގިނަ ކޭސްތައް ފެނުނީ މާލެ ސަރަހައްދުން، ޖުމްލަ 15 ކޭސްއެއް ރިޕޯޓްކޮށްފައިވޭ
 
ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 21 މީހަކު

ދިވެހިރާއްޖެއިން އިތުރު 21 މީހަކަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު ނެގި 1492 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ގިނަ މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. އަދި އެ 21 ބަލި މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިންނެވެ. އަނެއް ހަތް މީހުންނަކީ ބިދޭސީންނެވެ.

ރާއްޖޭގައި މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވީ 12،030 މީހުންގެ ތެރެއިން 11،182 މީހެއްގެ ބަލި ވަނީ ފަސޭހަވެފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 800 ގައެވެ. އޭގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލުުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 210 މީހަކު އެބަތިއްބެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މި ބަލީގައި އިތުރު ދިވެއްސަކު ނިޔާވެފައިވާއިރު، މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދުތައް ވަނީ 41 އަށް އަރާފައެވެ. އަދި މީގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
0%
50%
0%
ކޮމެންޓް