ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:12
ދުނިޔޭގެ ނިސްބަތުންވެސް މިގޮތަށް ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ނިޒާމަށްވާނެ
ދުނިޔޭގެ ނިސްބަތުންވެސް މިގޮތަށް ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ނިޒާމަށްވާނެ
ބިޒްނަސް އިންސައިޑަރ
ފްލޯޓިންގ ސޯލާ ނިޒާމު ރާއްޖޭގައި ގާއިމުކުރުން
ދުނިޔޭގެ ނިސްބަތުން ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ނިޒާމު ރާއްޖޭގައި ގާއިމުކުރަނީ
 
އަމާޒަކީ އާންމު ރައްޔިތުން ކަރަންޓް ބޭނުންކުރާ ގޮތް ބަދަލުކޮށް އިސްރާފުކުޑަކުރުން
 
މިދައުރުގެ ތެރޭގައި މިހާތަނަށް ކުރެވުނު މުހިންމު އެއް މަސައްކަތަކީ ނެޓް މީޓަރިންގ ގެ ގަވާއިދު އިސްލާހުކުރުން
 
ދުނިޔޭގެ ނިސްބަތުންވެސް މިގޮތަށް ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ނިޒާމަށްވާނެ

ވޯރލްޑް ބޭންކުގެ އެހީގައި 36 މެގަވޮޓް ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި "ރާއްޖެޓީވީން ގެނެސްދޭ ޚާއްސަ ކަވަރޭޖަށް މިނިސްޓަރ ދެއްވި އިންޓަރވިއުގައި އެވުޒާރާއިން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރެވިފައިވާ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހާސިލްކުރެވިފައިވާ މުހިންމު ކަންތައްތަކާއި ކުރިޔަށް ހުރި މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ ވޯރލްޑް ބޭންކުގެ 313 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށެވެ. މިމަޝްރޫޢުގެ ދަށުން 10 މެގަވޮޓް ޖަހަނީ ފްލޯޓިންގ ގޮތަށް ފެންމަތީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ ދުނިޔޭގެ ނިސްބަތުންވެސް މިގޮތަށް ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ނިޒާމަށްވާނެ. ދެން އޭގެއިތުރުން އިތުރު ރަށްރަށުގެ 11 މެގަވޮޓް ކެޕޭސިޓީ އެބަގާއިމުކުރަން. އެހެންވީމާ މިމަޝްރޫޢު ހިންގާ ނިމޭއިރުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްވާނެ. ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ 2023 ވަނަ އަހަރު ނިމޭއިރު 2018 ވަނަ އަހަރު ހުރިވަރަށްވުރެ 24 އިންސައްތަ އިތުރުވުން. 4 އިންސައްތަ ހުރި އެއްޗެއް މިހާރު އޮތީ 11.25 އިންސައްތަ އަށް އިތުރުކޮށްފައި.
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ޕަވަރ ޕާރޗޭސް އެގްރިމެންޓްގެ ދަށުން 5 މެގަވޮޓް ސޯލާ ޖެހުމުގެ މަސައްކަތް މިހާރު ވަނީ ތައިލެންޑް ކުންފުންޏަކާ ހަވާލުކުރެވިފައި ކަމަށެވެ. އަންނަ މަހު މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަކީ އެކަށީގެންވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަޝްރޫޢުގެ ދަށުން މާލެ އާއި ހުޅުމާލެ ގުޅުވާ ލިންކް ރޯޑް ސަރަހައްދުގައި 5 މެގަވޮޓްގެ ސޯލާ ޖަހާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭރުން މާލެ އާއި ހުޅުމާލެއަށްވެސް ކަރަންޓް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި 2019 ގެ ތެރޭގައި ގެނައި ބަދަލުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑޮމެސްޓިކް ކެޓަގަރީގައި 400 ޔުނިޓަށްވުރެ މަތީގެ ބޭނުންތަކަށް ނަގަމުން އައި އަގުގެ ފަރަގު މިހާރު ވާނީ ނައްތާލާފައި ކަމަށެވެ. އަދި އަތޮޅުތަކުގެ ވިޔަފާރީގެ ބޭންޑްތަކުގެ އަގުގެ ތަފާތުކަންވެސް މިއާއެކު ނައްތާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޑީސަލުން ނަގަމުން އަންނަ 5 ޕަސެންޓްގެ ޑިޔުޓީ ސަރުކާރުން ހުއްޓާލީ އެގޮތުން ލިބޭ ފައިސާ ކަރަންޓް އަގުހެޔޮ ކުރުމަށް ޚަރަދުކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދައުރުގެ ތެރޭގައި މިހާތަނަށް ކުރެވުނު މުހިންމު އެއް މަސައްކަތަކީ ނެޓް މީޓަރިންގ ގެ ގަވާއިދު އިސްލާހުކުރުން ކަމަށެވެ. މިއިސްލާހާއެކު މީހުންގެ ގޭގޭގައި އެމީހުން އަމިއްލައަށް ސޯލަރ ޕީވީ ހަރުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިން އެކަމަށް ހުރި ހުރަސްތަކެއް. މިހާރު ހުރަސްތައް ނުހުންނަ ގޮތަކަށް މިބަދަލުކުރީ. މިހާރު މީސް މީހުންގެ ބިލް ކުޑަކުރުމަށްޓަކައި އެމީހުންގެ ގޭގައި ސޯލަރ ހަރުކުރެވޭނެ. އެހެންވީމާ ކޮންމެ ރަށެއްގައިވެސް ކަނޑައަޅާނެ އެރަށެއްގައި އެންމެ ގިނައިން ސޯލާ ޕީވީ ހަރުކުރެވޭނެ މިންވަރު. އެހެންވީމާ ކޮންމެ ރަށެއްގައިވެސް ޚިދުމަތްދޭ ފަރާތްތަކުން ކަނޑައަޅާނެ އެރަށެއްގައި އެންމެ ގިނައިން ސޯލާ ޖެހޭނީ ކިހާވަރަކަށްކަން ކަނޑައެޅީމާ މީހުން އާންމު ގޭގޭގައި އެކަން ކުރަން ފެށީމާ މީހުންނަށް ފައިދާވާނެ
އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

މާލޭގެ މަގުތަކުގައި ޖަހާފައި ހުރި މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭގައި މިހާރު 2650 ލެޑްލައިޓް ހަރުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ އާންމު ރައްޔިތުން ކަރަންޓް ބޭނުންކުރާ ގޮތް ބަދަލުކޮށް އިސްރާފުކުޑަކުރުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
85%
0%
4%
4%
4%
ކޮމެންޓް
14 ނޮވެންބަރ 2020 | ހޮނިހިރު 19:44
ސަލީމް
ތިއެއް ނޭގޭ މިދިޔަ މަހުގެ ކަރަންޓްބިލަށް އެރީ ދުވަހަކުވެސް ނާރަވަރެއް. ދެން ބުނޭ ދުނިޔެ ހޫނުވަނީއޭ
11 ނޮވެންބަރ 2020 | ބުދަ 19:35
ކޮމެންޓުބުރޯ
މާބޮޑަށްވެސް ލަސްވެއްޖެ! ހުރިހާ ރަށެއްގައި ސޯލާ ބޭނުންކުރަން ފަށަންވީ. އަވަހަށް ފެށިއްޔާ އަވަހަށް ފައިދަ ފެންނާނެ.
11 ނޮވެންބަރ 2020 | ބުދަ 10:44
ޢަލިބެ
ގާ ފަރުގަ ޖެހި ވައިން ކަރަންޓު އު ފަޢްދާ ނިޒާމު ހަލާކު ވީތޯ؟
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި