ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 21:32
އައްޑޫ ސިޓީ ކައުންސިލް އިދާރާ، ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އެއިދާރާއިން ލިބޭނެ
އައްޑޫ ސިޓީ ކައުންސިލް އިދާރާ، ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އެއިދާރާއިން ލިބޭނެ
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ހިތަދޫއިން ފްލެޓް ދޫކުރުން
އައްޑޫ ހިތަދޫއިން ފްލެޓް ދޫކުރުން: ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފި
 
ފްލެޓް ދޫކުރުމުގެ ކުރިން ގޯތިގެދޮރާއި ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ
 
އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި 264 ފްލެޓް އިމާރާތްކޮށްފައިވޭ
 
އާންމުކުރީ ކެޓަގަރީ "ޑީ" ގައި ހިމެނޭ 32 ފްލެޓަށް އެދުނު ފަރާތްތަކުގެ ލިސްޓް

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ "ޑީ" ގައި ހިމެނޭ 32 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނީ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، "ޑީ" ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 835 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައިވާ ކަމަށެވެ.

އެ ލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށާއި، ކައުންސިލްގެ ވެބްސައިޓްwww.adducity.gov.mvގައި ޝާއިއުކުރެވި އަދި އަވަށު އޮފީސްތަކުގެ އިތުރުން ކައުންސިލްގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އާންމުކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ ކަމަށެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ހަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން ޝަރުތުތަކުގައި ބަޔާންކުރެވިފައިވާ އުސޫލާ އެއްގޮތަށް ކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް