ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 18:51
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ގިނަ އަދަދެއްގެ ކޯސްތައް ހިންގަމުންދާ ޔުނިވާސިޓީއެއް
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަކީ ގިނަ އަދަދެއްގެ ކޯސްތައް ހިންގަމުންދާ ޔުނިވާސިޓީއެއް
ވަން އޮންލައިން
އެމްއެންޔޫގެ ކޯސްތައް އިއުލާންކުރުން
އެމްއެންޔޫއިން 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތައް އިއުލާންކޮށްފި
 
ވެބްސައިޓުން ކޯސްތަކުގެ ފުރިހަމަ މައުލޫމާތު ލިބޭނެ
 
ކޯސްތަކަށް އެޕްލައި ކުރަން ޖެހެނީ އޮންލައިންކޮށް
 
މިމަހުގެ 29ން 07 ޖަނަވަރީ 2021ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތައް އިއުލާންކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު އެޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 29 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މި ކޯސްތަކާ ބެހޭ މަޢުލޫމާތުcourses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައި ވަނީ އޮންލައިންކޮށްmnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރުން އެމްއެންޔޫއިން ބުނީ ކޯސްތަކުގެ ޝަރުތުތައި ކޯސްތަކުގެ ފުރިހަމަ މައުލޫމާތުhttps://mnu.edu.mv/wp-content/uploads/2020/11/Course-Information-Sheet-2021-Term-1-1.pdfމިލިންކުން ލިބޭނެ ކަމަށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ލިބޭނެއެވެ.

އެމްއެންޔޫއިން 2021 ވަނަ އަހަރުގެ ކޯސްތައް އިއުލާންކޮށްފައިވާއިރު، ކޮންމެ އަހަރުގެ ވެސް ޔުނިވަރސިޓީން ދަނީ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގެ ގިނަ ކޯސްތައް ހިންގަމުންނެވެ. އަދި ކޮންމެ އަހަރަކު ވެސް އެތައް ދަރިވަރުންނެއް ދަނީ އެމްއެންޔޫއިން ދަސްވެނިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް