ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 18:47
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މަޖިލިސް
2021 ބަޖެޓު
އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 3.6 އިންސައްތައިގައި: އަމީރު
ރާއްޖޭގައި ބޮޑަށް ފާހަގަކުރެވެނީ އިމްޕޯޓެޑް އިންޕްލޭޝަން
މިނިސްޓަރ އިތުރަށް ވިދާޅުވީ އިންޕްލޭޝަން ވެސް ބިނާ ވާނީ ބޭރުގެ ކޮމޯޑިޓީތަކުގެ އަގުގެ މައްޗަށް

އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 3.6 އިންސައްތައިގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ނަގާފައިވާ ސިޔާސަތު ކަނޑައަޅަން ނިންމާ ނިންމުންތަކާއި އެވަރުގައި ހިފެހެއްޓޭނެ ކަމަށެވެ. ރާއްޖޭގައި ބޮޑަށް ފާހަގަކުރެވެނީ އިމްޕޯޓެޑް އިންޕްލޭޝަންގައި ކަން ފާހަގަކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ އިންޕްލޭޝަން ވެސް ބިނާ ވާނީ ބޭރުގެ ކޮމޯޑިޓީތަކުގެ އަގުގެ މައްޗަށް ކަމަށެވެ.

އަޅުގަނޑުމެން ނަގާފައި ހުރި ޕޮލިސީ ޑިސިޝަންސްތަކާއި އެކު މިއަންނަ އަހަރު އިންފްލޭޝަން ހުންނާނެ ކަމަށް އަޅުގަނޑުމެން ލަފާ މި ކުރަނީ 3.6 ޕަސެންޓްގައި. މިއަހަރުގައި ވެސް އަޅުގަނޑުމެން ބޭރުގެ ތެލުގެ އަގުވެސް ވަރަށް ދަށްކޮށް މި ހުންނަނީ. ރާއްޖޭގައި ބޮޑަށް މި އޮންނަނީ އިމްޕޯޓެޑް އިންޕްލޭޝަން. އެހެންމަ ބޭރުގެ ކޮމޯޑިޓީ ޕްރައިސް ހުންނަ މިންވަރަކަށް އަޅުގަނޑުމެންގެ އިންފްލޭޝަންވެސް ބިނާ ވަނީ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު 29.3 އިންސައްތަ ދަށަށްދާނެ ކަމަށާއި މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކު އިގްތިޞާދު ދަށްވި މިންވަރެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ހުށައަޅުއްވަމުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސިނާއަތަކަށް އަސަރުކޮށްފައިވާއިރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މި އަހަރު 65 އިންސައްތަ ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއާއެކު ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވެއެވެ.

- ކޮމެންޓް