ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 18:37
ހުޅުމާލޭގައި ހުންނަ ޖެމްސް ޕްރީ ސްކޫލް، މާލޭގެ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން އަދި ނުފަށާ
ހުޅުމާލޭގައި ހުންނަ ޖެމްސް ޕްރީ ސްކޫލް، މާލޭގެ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން އަދި ނުފަށާ
ޙުސައިން މަޚްތޫމް
ރަށްރަށުގެ ޕްރީ ސްކޫލުތަކުގައި ކިޔެވުން
ރަށްރަށުގެ ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭން ފަށަނީ
 
އަތޮޅުތެރޭގައި ކޮވިޑުގެ ހާލަތު އަންނަނީ ރަނގަޅުވަމުން، އެކްޓިވް ކޭސްތައް ވަރަށް މަދު
 
މި ނިންމުން ނިންމާފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް އެޑިއުކޭޝަނުން ބުނޭ
 
ކިޔަވައިދޭން ފަށަނީ 15 އިން ފެށިގެން

މާލެ ފިޔަވައި އެހެން ރަށްރަށުގެ ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެކަން ހާމަކުރަމުން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑު-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން, މި މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން މަރޗް މަހު ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހުނެވެ. އެކަމަކު ރަށްރަށުގެ ކޮވިޑްގެ ހާލަތު ބަދަލުވުމާއި ގުޅިގެން އެކަކުން ފެށިގެން ޕްރީ ސްކޫލްތައް ފިޔަވައި އެހެން ގްރޭޑްތަކުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ. މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ހަތަކުން ފެށިގެން 12 އަށް ކިޔަަވައިދެމުން އަންނައިރު، ބާކީ ގްރޭޑްތަކަށް އަދިވެސް ކިޔަވައިދެނީ އޮންލައިންކޮށެވެ.

ސްކޫލުތަކުގެ ކިޔެވުން ފަށާފައި ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކުއެވެ. އެގޮތުން ސްކޫލުތަކުގައި ދަރިވަރުން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މާސްކުއެޅުމާއި، ހުން ޗެކްކުރުމުގެ އިތުރުން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ވަނީ ހާއްސަ ސަމާލުކަމެއްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް