މޫސުން ގޯސްވެ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 07:00 ން ފެށިގެން 11:00 އަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 06 ޖެހުމާއި ހަމައަށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއްް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީކެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުންވެސް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނުމާއެކު މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށެވެ.