ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 18:11
ހުޅުމާލެ ޓްރެކް ސަރަހައްދުގައި ބައްވާފައި އޮތް ދަބަހެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ މީހާގެ ވީޑިއޯ ފޫޓޭޖްގެ ފޮޓޯއެއް
ހުޅުމާލެ ޓްރެކް ސަރަހައްދުގައި ބައްވާފައި އޮތް ދަބަހެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ މީހާގެ ވީޑިއޯ ފޫޓޭޖްގެ ފޮޓޯއެއް
ޕޮލިސް
ވައްކަން ކުރުމުގެ މައްސަލަތައް
ހުޅުމާލެ ޓްރެކް ސަރަހައްދުން ދަބަހެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
 
މި ހާދިސާ ހިނގާފައި ވަނީ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު
 
ފުލުހުން ވަނީ އެ މީހާގެ ވީޑިއޯ އާންމުކޮށްފައި

ހުޅުމާލެ، ޓްރެކް ސަރަހައްދުގައި ބައްވާފައިއޮތް ދަބަހެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން ވަނީ، މިދިއަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހާގެ ވީޑިއޯ ފޫޓޭޖް ވެސް އާންމު ކޮށްފައެވެ.

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ވައްކަން ކުރުމާއި ފޭރުމުގެ އަމަލުތައް ދޭތެރެދޭތެރެއިން މާލެ ސަރަހައްދުގައި ގިނަވަމުންދާއިރު، ދާދި ފަހުން ވަނީ ބޭންކަކަށް ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން މަސައްކަތްކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އެކަމުގައި އިސްކޮށް އަމަލީ ގޮތުން އުޅުނު ހަތަރު މީހުންނާއި އިތުރު ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ވެސް އާންމު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް