ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 17:09
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ހޯމަ ދުވަހު ކުރިޔަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ހޯމަ ދުވަހު ކުރިޔަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
އައުޓްޑޯރ ޖިމް އިންސްޓޯލް ކުރުން
32 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި
 
މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން ގާއިމްކުރާ އައުޓްޑޯރ ޖިމްތަކެއް
 
އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ
 
ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާ ކުރުމަކީ މިސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ޔޫތް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 4،101،134.17ރ. (ހަތަރު މިލިއަން އެއް ލައްކަ އެއް ހާސް އެއް ސަތޭކަ ތިރީސް ހަތަރު ރުފިޔާ ސަތާރަ ލާރި) އެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

ހއ. ބާރަށް

ހއ. ތަކަންދޫ

ހއ.މުރައިދޫ

ހދ. ކުޅުދުއްފުށި

ހދ. ނޭކުރެންދޫ

ހދ. ކުމުންދޫ

ހދ. ވައިކަރަދޫ

ށ. ފޯކައިދޫ

ށ. ކަނޑިތީމު

ނ. ހެނބަދޫ

ނ. މާޅެންދޫ

ނ. ވެލިދޫ

ނ. ކުޑަފަރި

ނ. މާފަރު

ނ. މަނަދޫ

ރ. މަޑުއްވަރީ

ރ. އުނގޫފާރު

ރ. ރަސްގެތީމު

ރ. ހުޅުދުއްފާރު

ރ. އިނގުރައިދޫ

ރ. އިންނަމާދޫ

ރ. މީދޫ

ރ. ފައިނު

ބ. އޭދަފުށި

ބ. ކަމަދޫ

ބ. ގޮއިދޫ

ޅ. ކުރެންދޫ

ކ. ހިންމަފުށި

ކ. މާފުށި

ކ. ދިއްފުށި

ވިލިމާލެ

ކ. ތުލުސްދޫ

ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުގެ މަތީން މީގެ ކުރިން ވެސް ވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރަށްތަކުގައި އައުޓްޑޯ ޖިމް އިންސްޓޯލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
60%
0%
20%
0%
20%
ކޮމެންޓް
10 ނޮވެންބަރ 2020 | އަންގާރަ 13:19
ބަކުރުބޭ
ބަލަ ގަ މި ސަރުކާރު ހޮވަން ވޯޓު ދިނީ މާލޭން އުތުރުމީހުން އެކަނިތަ؟